ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅު ފުއްދަވާ، މާލެ ސަރަހައްދުން ދޫކުރާ، 1250 އަކަ ފޫޓުގެ ބިން ލިބުނު ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ލިބުނު ބައެއް ފަރާތްތަކަށް އިން ވަކިކޮށް ރޯނު ދަމާ ގޯތީގެ ފަތް ހަވާލުކޮށް، ބިންވެސް މިއަދު ވަނީ ހަވާލުކޮށްފައެވެ.

ފުރަތަމަ ގޯތީގެ ރަޖިސްޓްރީ ހަވާލުކުރި ފަރާތާއި ގޯތީގެ ފަތް ޕްލޭނިންގ މިނިސްޓްރީން ހަވާލުކޮށްދެއްވަނީ: ފޮޓޯ: ޕްލޭނިން މިނިސްޓްރީ 

އެ ބިންތައް ލިބުނު ފަރާތްތަކަށް ބިމުގެ ރަޖިސްޓްރީ ހަވާލުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް ހައުސިން މިނިސްޓްރީން އެކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ - ފޮޓޯ: ޖަޒީރާ

އެންމެ ފުރަތަމަ ކެނޑި ގޯތީގެ ތެރޭގައި އެ ގޯތީގެ ވެރިފަރާތާއި އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނެވެ.

އެންމެ ފުރަތަމަ ބިން ހަވާލުކުރި ފަރާތުގެ ބިން ވަކިކޮށް އެ ފަރާތާއި އެކު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް، އެ ގޯތީގެ ނަމްބަރު ހަރުކޮށްދެއްވަނީ - ފޮޓޯ: ޖަޒީރާ

މިއަދު ހަވީރުން ފެށިގެން ގޯތީގެ ރަޖިސްޓްރީ ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދިނުމަށްފަހު، އާރްޓީއެލް ބަހުގައި ގެންގޮސް އެމީހެއްގެ ބިން އޮތް ސަރަހައްދު ދެއްކުމަށްފަހު އެ ފަރާތްތަކާއި ވަނީ ބިން ހަވާލުކޮށްފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން، ރައީސް ސޯލިހުގެ ސަރުކާރުން ދޫކުރި ފުރަތަމަ ގޯތި ވެރިފަރާތާއި ހަވާލު ކުރުމަށް، އިން ވަކިކޮށް ރޯނު ދަމަނީ - ފޮޓޯ: ޖަޒީރާ

މިއީ 35 އަހަރަށްފަހު މާލޭގެ ރަށްވެރިން ބިންވެރި ކުރި ފުރަތަމަ ފަހަރެވެ. މިއަދަކީ ވަރަށް ތާރީހީ ދުވަހެކެވެ. ބިން ލިބުނު ފަރާތްތަކުން ބުނީ މިއީ ސަޕްރައިޒް އެއް ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރުމުގެ މަސައްކަތުގައި އާބަންކޯ އާއި ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުން ހަރަކާތްތެރިވަނީ - ފޮޓޯ: ޖަޒީރާ

ބައެއް ފަރާތްތަކުން ބުނީ ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް މި ސަރުކާރުން ހުޅުވާލުމުން ފޯމު ހުށަހެޅީ ބިން ލިބޭނެ ކަމުގެ ޔަޤީންކަން އޮވެގެނެއްވެސް ނޫން ކަމަށެވެ.

ގޯތި ލިބުނު ފަރާތަކަށް ލިބުނު ބިމުގައި އޭނާގެ ގޯތި ނަމްބަރު ހަރު ކުރަނީ - ފޮޓޯ: ޕްލޭނިން މިނިސްޓްރީ

އެހެންނަމަވެސް ހުޅުމާލެއިން މި ބިންތައް ލިބުމުން ވަރަށް އުވާފާ ކަމަށާއި، ﷲ އަށް ހަމުދު ކުރުމާއި އެކު ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށްވެސް ޖަޒީރާ އާއި ވާހަކަ ދެއްވި ބައެއް ބިންވެރިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *