ކުރިއަށް އޮތް ރިޔާސީ އިންތިހާބު، ދެވަނަ ބުރަކަށް ހިނގައްޖެނަމަ އެއީ ރައްޔިތުންގެ ފައިސާ ވަރަށް ބޮޑަށް އިސްރާފުވުން ކަމަށާއި، ނުހޮވޭނެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ވޯޓު ބޭކާރުކޮށްނުލުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

މުއިއްޒު މިހެން ވިދާޅުވީ ކެންޕެއިނަށް ހުވަދު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހަވީރު ގދ. ހޯނޑެއްދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންތިހާބު އެއް ބުރުން ކާމިޔާބު ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ، މީގެ ކުރިން ވެސް މުއިއްޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ދެ ކެންޑިޑޭޓުންނަށް ވުރެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ، އެއްބުރުން ވެރިކަމަށް އިންތިހާބުވުމަށް 50.01 އިންސައްތަ ވޯޓު ހޯދަންޖެހެއެވެ. އެ އަދަދަށް ވޯޓު ނުލިބިއްޖެ ނަމަ، އެންމެ ގިނައިން ވޯޓު ހޯދި ދެ ކެންޑިޑޭޓެއްގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނެއެވެ.

އެހެންކަމުން އިންތިހާބު ވާނީ ދެވަނަ ބުރެއްގައި އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓެކެވެ. އަދި ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ 30 މިލިއަނެއްހާ ރުފިޔާ އިތުރަށް ހަރުދުުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މުއިއްޒު ވިދާޅުވީ ދެ ވަނަ ބުރެއް ބާއްވައިގެން އިލެކްޝަންސް ކޮމިޝަނުން އިތުރަށް ހަރަދު ކުރަން ޖެހޭ ފައިސާ ވާނީ "ބޭކާރު ފައިސާ" އަށް ކަމަށެވެ. އަދި އެ ފައިސާ އަތޮޅުތެރޭގެ ތަރައްޤީގެ މަޝްރޫއުތަކަށް ބޭނުން ކުރެވިދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *