އުފާވެރި އަމާން ރާއްޖެ ކެމްޕޭނަށް އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމިް މުހައްމަދު ސޯލިހު ވަޑައިގެންނެވުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މެންދުރުގެ ގަދަ އަވީގައިވެސް ގިނަ އަދަދެއްގެ ބަޔަކު ރައީސްއަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފައިވެއެވެ.
ރައީސް ވަނީ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ކުރިޔަށް އޮތް ދައުރަށް ކޮށްދެއްވާނެ ކަންކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ދިޔަމިގިލި ރައްޔިތުން އެދޭ ފަދައިން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިޔަމިގިލީ ސުކޫލުގައި މަލްޓީޕާޕަސް ހޯލެއް ހައްދަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ތާރުއަޅައިގެން ދިޔަމިގިލީގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެ ކަމުގެ ވައުދުވެސް ރައީސް ވެވަޑައިގެންނެވިއެވެ.
ރައީސްގެ އަރިހުގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ލީޑަރޝިޕްގެ ބޭފުޅުންވެސް ދިޔަމިގިއްޔަށް ވަޑައިގެންނެވިއެވެ.