މިހާރު އަދާލަތަށް ތާއީދު ނުކުރާކަން ހާމަކުރުމަށް، އަދާލަތުގެ ކުރީގެ މެންބަރުންތަކެއް ފުވައްމުލަކުގައި ކެމްޕޭނަށް އަދާލަތުގެ ކުލަ ބޭނުން ކުރުން

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދެންނެވުމަށް އަދާލަތު ޕާޓީ ރަމްޒުވާ ފެހި ކުލައިގެ ޓީޝާރޓްތަކެއް ލައިގެން ބަޔަކު ނިކުތުމުން އެކަން އަދާލަތުން ކުށްވެރިކޮށްފިއެވެ.

މިކަން ކޮށްފައިވަނީ އަދާލަތު ޕާޓީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި، މާލެ ސިޓީގެ މޭޔަރު އަދި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ފުވައްމުލައް ސިޓީއަށް އިއްޔެ ވަޑައިގެންނެވުމުން އެރަށުން މަރުހަބާ ދެންނެވުމަށް ނިކުމެ ތިބި އަދާލަތު ޕާޓީގެ ކުރީގެ މެންބަރުންތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން މި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ޓްވިޓާރގައި ވިދާޅުވީ މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ކުލަ ބޭނުން ކުރުމަކީ އިންތިހާބާއި ބެހޭ އާންމު ގަވާއިދުގެ ދަށުން މަނާކަމެއް ކަމަށެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއާއި އެކު ކޯލިޝަން ހަދާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އުފާވެރި އަމާން ރާއްޖެ ކެމްޕޭނުގައި އިސް ދައުރެއް އަދާ ކުރާ އެއް ޕާޓީ ކަމުގައިވާ އަދާލަތުން ވަނީ، މުއިއްޒުގެ ކެމްޕޭނުގައި އެ ޕާޓީގެ ކުލަ ބޭނުން ކުރުން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *