ޖަޕާނުގެ ފުކުޝީމާގެ ކަނޑުން ބާނާ މަހުގައި ރޭޑިއޯ އެކްޓިވިޓީގެ އަސަރެއް ނެތްކަމަށް ޖަޕާން އިން ބުނެފިއެވެ.

ޖަޕާންގެ ފިޝަރީޒް އެޖެންސީން ބުނީ ނިއުކްލިއާ ޕްލާންޓް ބަލަހައްޓާފައިވާ ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ވަނީ މަސްތަކުން ރޭޑިއޯއެކްޓިވް މައްދާއެއް ކަމަށްވާ 'ޓްރިޓިއަމް' ފެނޭތޯ ޓެސްޓު ކޮށްފައެވެ. ނަމަވެސް އެއްވެސް މަހެއްގައި ރޭޑިއޯ އެކްޓިވްގެ އަސަރު ނެތްކަމަށް އެގައުމުން މައުލޫމާތުދެ އެވެ.

ޓެސްޓް ކުރުމަށްފަހު ލިބުނު ނަތީޖާގައިވާ ގޮތުން އެހިސާބުގެ ކޮންމެ 1 ލީޓަރުގެ މޫދު ފެނުގައި ޓްރިޓިއަމްގެ 10 ބެކުއެރެލް އަށްވުރެއްވެސް މަދުކަމަށާއި މި ވަރަކުން ސިއްހަތަށް ނުރައްކަލެއްނެތްކަމަށްވެސް ޑަބްލިއުއެޗްއޯއިްނ ބުނެއެވެ.

މިކަމާ ބެހޭގޮތުން ދިރާސާ ކުރި ސައިސްވެރިން ބުނީ، މިއީ އިންސާންން ކަންބޮޑުވާނެކަން ގަބޫލުކުރެވޭ ކަމެއް ކަމާއި އެހެންނަމަވެސް ރޭޑިއޯއެކްޓިވިޓީގެ މިމައްސަލަ ރަނގަޅަށް އާމުންނަށް ކިޔައިދިނުމުގެ ޤާބިލުކަންވެސް އަދި ނެތްކަމާއި ސައިންސުވެރިންވެސް މިކަމާ ގުޅޭގޮތުން އިތުރަށް ދިރާސާކުރަމުންދާ ކަމަށެވެ.

ބުރާސްފަތި ދުވަހުގޭ ރޭޑިއޯ އެކްޓިވް ފެން ޕެސިފިކް ކަނޑަށް ދޫކުރަން ފެށި ގަޑީގައި އެސަރަހައްދު ވަށައިގެން މަސްވެރިން ވަނީ މަސް ހިފާ ދާ ދަމާފައެވެ. އަދި މިކަމުގެ ސަބަބުން ހިތްހަމަނުޖެހުން މަސްވެރިން ވަނީ  ނުރުހުން ފާޅުކޮށްފައެވެ.

ޖަޕާން ވަށިގެން އޮންނަ އަވައްޓެރި ގައުމުތައް ކަމަށްވާ ޗައިނާ، މަކާއޯ، ކޮރެއާ ފަދަ ގައުމުތަކުން ވަނީ މިކަމާއި ގުޅިގެން ޖަޕާނުން ސީފުޑް އެތެރެކުރުން ވަގުތީ ގޮތުން މަނާ ކޮށްފައެވެ.  އަދި ޗައިނާއިން ވަނީ އެގައުމަށް ޖަޕާނުގެ ބަދަލުގައި ރަޝިޔާއިން ސީފުޑް އެތެރެކުރުމަށް ނިންމާ ރަޝިޔާގެ ގިނަ އަދަދެއްގެ ކުންފުނިތަކަށް އެކަމުގެ ހުއްދަވެސް ދީފައެވެ.

ޖަޕާން ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވިދާޅުވީ ސިއްހަތަށް ގެއްލުންވާ ފަދަ ރޭޑިއޯއެކްޓިވް އަސަރެއް މިހާރު ނެތްކަމަށް ހާމަވެފައިވާއިރު، ޗައިނާއިންވެސް މިކަމާ ބެހޭގޮތުން އިތުރަށް ދިރާސާ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ޖަޕާނުގެ ބޮޑުވަޒީރު މިހެން ވިދާޅުވެފައިވަނީ ޖަޕާންގެ މަސްވެރިކަމުގެ އިގްތިސާދު ނުރައްކަލަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވުންތައް ހުރުމުންނެވެ.

ރޭޑިއޯ އެކްޓިވް ފެން ޕެސިފިކް ކަނޑަށް ދޫކޮށްފައިވަނީ، އޭގައި ހުންނަ ރޭޑިއޯ އެކްޓިވްގެ އަސަރު ނައްތާލަން ފިލްޓާކުރުމަށްފަހުއެވެ. ނަމަވެސް 'ޓްރިޓިއަމް' މަދު މިންވަރަކަށް އެފެނުގައި ހުންނަނީ އެއީ ނައްތާލަން އުނދަގޫ މައްދާއަކަށް ވާތީއެވެ. ޑައިލިއުޓް ކޮށްގެންވެސް ޓްރިޓިއަމް މުޅިން ނައްތާލެވިފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *