ބޮލީވުޑްގެ ކުރީގެ އެކްޓަރ އިމްރާން ހާން

ކުރީގެ މަޝްހޫރު ބޮލީވުޑް ފިލްމީ ތަރި އިމްރާން ހާން ފިލްމީ ދާއިރާއަށް އެނބުރި އަންނަން ދަނީ ތައްޔާރުވަމުންނެވެ.

ޒީނަތް އަމަން ވެސް ދާދި ފަހުން ވަނި ފިލްމީ ދާއިރާއަށް އެނބުރި އައިސްފައެވެ. އެގޮތުން އޭނާގެ އިންސްޓްގްރާމް އެކައުންޓްގައި އޭނާ ކުޅުނު އިސްތިހާރެއް އާންމުކޮށްފައިވާއިރު، އެ ޕޯސްޓަށް އިމްރާން ހާންގެ ސަޕޯޓަރެއްގެ ކޮމެންޓެއްގައި ބުނެފައިވަނީ 'ޒީނަތްވެސް މިހާރު ފިލްމް ކުޅެން އެނބުރި އައިސްފައިވާއިރު، އިމްރާން އެނބުރި އަންނާނީ ކޮންއިރަކުންތޯ ސުވާލު ކޮށްފައެވެ.

އެ ކޮމެންޓަށް ޖަވާބެއް ދެމުން އިމްރާން ހާން ބުނެފައިވަނީ "ހިނގާ މިޔަށް 1 މިލިއަން ލައިކް ދޭން، އޭރުން އަހަރެންގެ އެނބުރި އައުން ޔަގީނުންވެސް ހަގީގަތަކަށް ހަދައިދޭނަން" ކަމަށެވެ.

މިކަމުގެ ހަބަރު ފެތުރުމުން އިމްރާން ހާންގެ ސަޕޯޓަރުން ވަނީ ކޮމެންޓް ހޯދައި އަވަހަށް އެއަށް ލައިކް ދޭންވެސް ފަށާފައެވެ. އިމްރާން ހާން ބުނީ އެނާ މިހާރު ދަނީ ޒީނަތްގެ އެހީގައި މޮޅު އަދި ކާމިޔާބު ފިލްމެއް ހެދުމަށް ކުރެވޭނެ ކަންތައް ދަސްކުރަމުންނެވެ.

އިމްރާންގެ މޮޅު އެކްޓިންއެއް ފެނިގެން ދިޔަ މަޝްހޫރު ފިލުމު، ޖާނޭ ތޫ... ޔާ ޖާނެ ނާ ގެ ޕޯސްޓަރެއް

އެމެރިކާއަށް އުފަން، އެމެރިކާގެ ކުރީގެ އެކްޓަރ އިމްރާން ހާނަކީ އިންޑިއާ ދަރިކޮޅުގެ މީހެކެވެ. އޭނާ ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރަން ފެށީ 1988 ވަނަ އަހަރު، ފިލްމް "ގަޔާމަތް ސޭ ގަޔާމަތް ކޭ" އިން ކުޑަކުއްޖެއްގެ ރޯލުންނެވެ.

ކުޑަކުއްޖެއްގެ ރޯލުތަކުން ފިލުމުތަކުން މަޝްހޫރުކަން ހޯދި އިމްރާން ހާން ބޮޑު މީހެއްގެ ރޯލުން ފުރަތަމަ ބެލުންތެރިންނަށް ފެނިގެން ދިޔައީ 2008 ވަނަ އަހަރު "ޖާނޭ ތޫ... ޔާ ޖާނެ ނާ" ކިޔާ ރޮމޭންޓިކް ކޮމެޑީ ފިލުމަކުންނެވެ. އެ ފިލުމުގައި އޭނާ އަދާކުރި ރޯލަށް، ފިލްމު ފެއާ އެވޯޑްގެ "އެންމެ މޮޅު ފިރިހެން ޑެބިއު" އެވޯޑްވެސް ލިބުނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *