ކަރީނާ ކަޕޫރް ހާން އާއި ވިޖޭ ވަރްމާ ލީޑް ރޯލް ކުޅޭ ފިލްމް "ޖާނޭ ޖާން" ސެޕްޓެމްބަރުގައި ނެޓްފްލިކްސްއިން ދައްކަން ތައްޔާރުވަމުން އެބަދެއެވެ.

ކަރީނާ އާއި ވިޖޭ ގެ ފިލްމް "ޖާނެ ޖާން" ނެޓްފްލިކްސްގައި އާންމު ކުރުމަށް ހަމަޖައްސާފައިވާ ތާރީހަކީ 21 ސެޕްޓެމްބަރެވެ. މި ތާރީހަށް ބެލުންތެރިންނާއި އެ ދެތަރިންގެ ސަޕޯޓަރުން ދަނީ އިންތިޒާރުކުރަމުންނެވެ.

އަދި ކަރީނާގެ ސަޕޯޓަރުންނަށް 21 ސެޕްޓެމްބަރަކީ މިފިލްމު ބަލާލަން ލިބުމުގެ އިތުރުން އެހެން ކަމަކަށްވެސް ހާއްސަވާ ދުވަހެކެވެ. އެއީ އެދުވަހަކީ ކަރީނާގެ އުފަންދުވަހަށް ވާތީއެވެ.

"ޖާނެ ޖާން" ގެ ޑައިރެކްޓަރު ސުޖޯއީ ގޯޝް ބުނެފައިވަނީ މި ފިލުމުގެ ފެނިގެންދާނީ ކަރީނާގެ މުޅިން ތަފާތު ރޯލެއް ކަމަށެވެ. މާބޮޑަށް މޭކަޕް ނުކޮށް ހުންނަ އަންހެނެއްގެ ގޮތުގައި މި ފިލުމުގެ މަންޒަރުތަކުން ކަރީނާ ފެންނާނީ މަންމައެއްގެ ރޯލުންނެވެ.

މިފިލްމަކީ ކްރައިމް-ތްރިލާ ޖޯންރާގެ ފިލުމެއް ކަމަށްވެސް ފިލުމުގެ ޑައިރެކްޓަރ ސުޖޯއީ މީޑިއާތަކަށް މައުލޫމާތުދީފައިވެއެވެ.

މި ފިލުމުގައި ވިޖޭ ކުޅޭނީ ޒުވާން ފުލުސް އޮފިސަރެއްގެ ރޯލެކެވެ. "ޖާނެ ޖާން " ފިލްމް ބިނާވެފައިވަނީ މަޝްހޫރު ޖަޕާންގެ ވާހަކަ ލިޔުންތެރިޔާ ކެއިގޯ ހިގަޝީނޯގެ "ޑިވޯޝަން އޮފް ސަސްޕެކްޓް" މި ވާހަކައިގެ މައްޗަށެވެ.

ޑައިރެކްޓަރު ސުޖޯއީ ބުނީ "ޑިވޯޝަން އޮފް ސަސްޕެކްޓް" އަކީ އޭނާ އެންމެ ކުރީސުރެން އެންމެ ކަމުދާ ވާހަކަޔަށް ވެފައި ފުރަތަމަ ފަހަރަށް އެވާހަކަ ކިޔާލެވުން ދުވަހުން ފެށިގެން އޭނާ ބޭނުންވީ ކޮންމެވެސް ދުވަހަކުން އެއަށް ފިލްމެއް ހަދަން ކަމަށެވެ. އަދި އެ ވާހަކައަށް ފިލްމެއް ހަދަން އެހީވެދިނީތީ ކަރީނާ އާއި ވިޖޭއަށް ޝުކުރު އަދާކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *