އއ.ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ, އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި ޕްރޮޖެކްޓް ޢަމަލީ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

އެމްޓީސީސީން ބުނީ ބިން ހިއްކާ ޑްރެޖަރު ބޮޑުފޮޅުދޫ އަށް ގެންގޮސް، ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިކަމަށެވެ.

މީޑިއާތަކާއި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ހިންގޭ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު އަބަދުވެސް ބަލަނީ ރައްޔިތުން ބޭނުންވާ ގޮތަކަށް މަސައްކަތް ކުރެވޭތޯ ކަމަށެވެ. އަދި ބޮޑުފޮޅުދޫގެ ބިމަށް އިތުރުކުރެވޭ 12 ހެކްޓަރުގެ ބިން ހިއްކާ 12 ދުވަސް ތެރޭގައި ނިންމާލާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އެމްޓީސީގެ މިމަޝްރޫޢުގެ ދަށުން ބޮޑުފޮޅުދޫގެ 12 ހެކްޓަރު ބިން ހިއްކާ އަދި ހިއްކި ސަރަޙައްދުން 180 މީޓަރުގެ ސަރަޙައްދެއް ޙިމާޔަތްކުރާނެއެވެ. މި މަޝްރޫއަކީ 74 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *