"ފައިޓާ" ގެ އެންމެ ފަހު ޝޫޓިންއަށް ރިތިކް ތައްޔާރުވެއްޖެއެވެ.

ދީޕިކާ ޕަޑުކޯން އާއި އަނިލް ކަޕޫރް ފަދަ މަޝަހޫރު ތަރިންނާއި އެކު ރިތިކް ރޯޝަން ލީޑް ރޯލް ކުޅޭ "ފައިޓާ" ގެ ޝޫޓިނގްއަށް މިތަރިންތައް ތައްޔާރުވެފައިވާއިރު އެންމެ ފަހު ޝޫޓިންގް އޮންނާނީ މުމްބާއީގައެވެ. އަދި ކުރިއަށް އޮތް ހަފްތާގައި އެއްކޮށް އޮތީ ފިލްމްގެ ވަރަށް މުހިއްމު ބައިތަކެއްކުޅެން ޝެޑިއުލް ކުރެވިފަކަމަށް ބޮލީވިޑްގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފިލްމްގެ ޝޫޓަށްފަހު ، ފައިޓާގެ 3 ލަވަޔަކަށްވެސް ޝޫޓްކުރަން އޮތީ ތާވަލްކުރެވިފައެވެ. އެގޮތުން ރިތިކް އާއި ދީޕިކާގެ ފޯރިގަދަ ނެށުމެއް ދައްކައިދޭނެ ފުރަތަމަ ލަވަ ޝޫޓުކުރާނީ މުމްބާއީގެ އެކި ސަރަހައްދުތަކުގައެވެ. އެއަށްފަހު ފިލްމްގެ ބާކީ ދެލަވަ ޝޫޓްކުރަން އޮތީ ބޭރުގަމެއްގައެވެ. އެއީ ލޯބީގެ މަޑުމައިތިރި ލަވަޔަކާއި މަޖާ ކަންކަން ދައްކައިދޭނެ ދެ ލަވައެވެ.

އޮކްޓޯބަރުގެ މެދު ތެރޭން ފިލްމްގެ ގިނަ މަސއްކަތްތަށް ނިންމާލެވޭނެކަމަށް ބެލެވޭއިރު ފައިޓާ ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 25 ގައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *