އއ. އުކުޅަޙުގެ ބިން ހިއްކުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އއ. އުކުޅަސް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 402،500 ކިއުބިކްމީޓާ ހިއްކުމާއި، 1054 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 80 މީޓަރުގެ ގްރޮއިންގެ މަސައްކަތާއި، 1،692 މީޓަރުގެ ބަންޑް މަސައްކަތް ހިމެނެއެވެ.

ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ޖުމްލަ އަގަކީ 67.21 މިލިއަން ރުފިޔާއެވެ.

މިހާރު ކުރިއަށްދަނީ އއ. ބޮޑުފުޅަދޫ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ޗާޓަޑް ޑްރެޖާ "ފިލިޕޯ ބްރޫނެލެސްޗީ" މޮބިލައިޒް ކުރުމުގެ މަސައްކަތެވެ. 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *