ކުލަބު މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބޭއްވި 18/30 ވުމެން ފިއެސްޓަރ 2023 ގެ ޗެމްޕިއަންކަން ޓްރޮފީ ފެނަކައިގެ ކަނބަލުން އުފުލާލައިފިއެވެ.
މިއި މި މުބާރާތް ފެނަކައިން ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.
މި މުބާރާތުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފެނަކަ އާއި ދެކޮޅަށް ކުޅުނީ ޕޮލިސް ޓީމެވެ. ފެނަކައިން ފޮލިސް ޓީމު މައްޗަށް ކުރި ހޯދީ 3- 1 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެނަކައިގެ ފެނަކައިގެ ޝަހުލާއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިންނަކީވެސް ފެނަކަ ޓީމުގެ ދެ ކުޅުންތެރިންނެވެ.