މ. ރަތްމަންދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީއާ ހަވާލުކޮށްފިއެވެ.

މ.ރަތްމަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭޓިންގް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ.

އެމްޓީސީސީގެ މި މަޝްރޫއުގެ ދަށުން 43،875 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާރ ބޭސިން ފުންކުރުމާއި، 6372 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 311 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެނޓް ޖެހުމާއި، 100 މީޓަރު ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 100 މީޓަރު ސަރަހއްދެއްގައި ބޭރު ތޮށި ލުން ހިމެނެއެވެ.

މީގެއިތުރުން 341 މީޓަރު ސަރަހައްދެއްގައި ވެލި ފުރާފައިވާ ބޭރު ތޮށްޓެއްލުމާއި، 245 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 1230 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާރ ޕޭވްމަންޓް ހެދުމާއި، އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ރަތްމަންދޫގެ މި މަޝްރޫއަކީ 69.93 މިލިއަން ރުފިޔާއަށް 480 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *