Indian actor Aamir Khan poses as he arrives on the red carpet for the launch ceremony of Asian Film and TV Week during the Conference on Dialogue of Asian Civilizations (CDAC) in Beijing, China, 16 May 2019. (Newscom TagID: ichphotos558377.jpg) [Photo via Newscom]

ފިލްމީ މަސައްކަތަށް އަދިވެސް ތައްޔާރުނޫން ކަމަށް އާމިރް ހާން ބުނެފިއެވެ.

ދާދި ފަހުން އާމިރް ހާން އޭނާގެ އާއިލާއާއި އެކު ބައިވެރި އިވެންޓެއް ތެރޭން ބޮލީވުޑްގެ މީޑިއާ ތަކުންވަނީ އޭނާގެ ކެރިއަރާ ބެހޭގޮތުން ސުވާލުކޮށްފައެވެ. އެގޮތުން މީޑިއާތަކުން ވަނީ އޭނާ ދެން ފިލްމެއް ކުޅޭނީ ކޮންއިރަކު ތޯ އަހާފައެވެ.

އެ ސުވާލަށް އާމިރްހާން ބުނީ މިވަގުތު އެނާ ހުރީ ފިލްމް އިންޑަސްޓްރީން ބްރޭކެއް ނަގައިގެން ކަމަށާ މިހާރު އޭނާ ބޭނުންވަނީ ވީހާވެސް ގިނަ ވަގުތު އާއިލާއާއިއެކު ހޭދަކުރުމަށް ކަމަށެވެ. އަދި އޭނާ އަމިއްލައަށް މި ނިންމި ނިންމުމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭކަމަށާއި ފިލްމީ ދާއިރާގެ އިތުރު ޕްރޮޖެކްޓަކަށް މަސައްކަތްކުރުމަށް އޭނާ ތައްޔާރުނޫންކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެނާ ތައްޔާރުވީހާ އަވަހަކަށް ބެލުންތެރިންނަށާއި ސަޕޯޓަރުންނަށް ކަމުދާ ކަހަލަ ތަފާތު ފިލްމަމަކާގެން އެނބުރި އަންނާނެކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.

އާމިރްހާންގެ އެންމެ ފަހު ފިލްމަކަށް މިދިޔަ 2022 އަހަރު ނެރުނު "ލާލް ސިންހް ޗައްދާ" އަށް މާބޮޑު ތަރުހީބެއް ކުރީކޮޅު ނުލިބުނު ނަމަވެސް އެފިލްމް ނެޓްފލިކްސް އަށް ނެރުނު ފަހުން ވަނީ ބެލުން ތެރިންގެ ސަޕޯޓު އިތުރުވެ ގިނަ ކާމިޔާބީތަކެއް ލިބިފައެވެ. މީގެ އިތުރުން ކާޖޯލް ލީޑް ރޯލް ކުޅުނު ފިލްމް "ސަލާމް ވެންކީ" ގައި އާމިރް ހާން ވަނީ މުހއްމު ރޯލެއް ކުޅެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *