ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް ކ. ގުރައިދޫގައި ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން މާރާމާރީ ހިންގާ ދެ މީހެއްގެ ބޯ ފަޅާލައިފިއެވެ.

މިއަދު ހަވީރު ގުރައިދޫގައި މި ހަމަނުޖެހުން ހިނގާފައިވަނީ މުއިއްޒު ވަޑައިގަންނަވާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީއަށް ސަޕޯޓްކުރާ ބަޔަކު ނުކުތުމުން ކަމަށް މައުލޫމާތު ލިބެއެވެ. އެމްޑީޕީ އަދި ޕީޕީއެމް ސަޕޯޓަރުންގެ މެދުގައި ބަހުގެ ހަމަލާތައް ރައްދުކުރުމަށްފަހު މާރާމާރީއަކަށް ބަދަލުވީއެވެ.

މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުންނާއި ދެ ޕާޓީގެ ސަޕޯޓަރުންނާ ދެމެދު ވެސް ވަނީ ކުރިމަތިލުންތައް ހިނގާފައެވެ. މި ހަމަނުޖެހުމާއި ގުޅިގެން އުމުރުން 22 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މުއިއްޒު ގުރައިދޫއަށް ވަޑައިގެންނެވީ މިރޭ ކެމްޕޭން ޖަލްސާއެއް ބޭއްވުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *