ވެރިކަން ލިބިވަޑައިގެންފިނަމަ ފަސް އަހަރުގެ ދައުރުގައި ރާއްޖޭގެ 1،000 ފަގީރުން ހިލޭ ހައްޖަށް ފޮނުވައިދެއްވާނެ ކަމަށް ފީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ހުކުރު ދުވަހު މ. މުލަކުގައި ބޭއްވި ރިޔާސީ ކެމްޕޭން ޖަލްސާގައި ޑރ. މުއިއްޒު ވިދާޅުވީ އަމިއްލަ ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރުމުގެ ގާބިލުކަން ލިބިފައިނުވާ މީހުން ހައްޖަށް ފޮނުވުމަށް އިސްކަން ދެއްވާނެ ކަމަށެވެ.

އެގޮތުން ފުރަތަމަ އަހަރު 100 މީހުން އަދި މުޅި ފަސް އަހަރު ތެރޭ 1،000 ފަގީރުން ހިލޭ އިރާދަކުރެއްވިއްޔާ ހައްޖަށް ގެންގޮސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ، އެބޭފުޅާގެ ވެރިކަމެއްގައި ހައްޖު ކޯޕަރޭޝަން މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހައްދަވާނެ ކަމަށާއި މުޅިން އައު މޯލްޑިވްސް ޒަކާތު ހައުސްއެއް އުފައްދައި، އެ ފަންޑު ވަރުގަދަކޮށް އޭގެން އިސްލާމީ ޝަރީއާއަށް އިންވެސްޓް ކުރައްވާނެ ކަމަށެވެ.

ޑރ. މުއިއްޒު ވަނީ ކެމްޕޭންގައި ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. މުއިއްޒުގެ ރަނިންމޭޓް މުހައްމަދު ހުސެއިން (ސެމްބެ) ވެސް ގެންދަވަނީ އެބޭފުޅާ ނިސްބަތްވާ ދާއިރާގެ ރަށްތަކުގައި ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *