އަރިއަތޮޅު އުތުރުބުރީ ފެރިދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު އައު ޢިމާރާތް, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް،ހުޅުއްވައިދެއްވައިފި އެވެ.

އެމަނިކުފާނު މިޢިމާރާތް ހުޅުއްވައިދެއްވީ، މިއަދު އަރިއަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ހަވީރު ފެރިދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، މި ޢިމާރާތާއި އެކު، ފެރިދޫ ޞިއްޙީ މަރުކަޒަށް ކުރިމަތިވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުވެގެންދާނެއެވެ.

މިޢިމާރާތުގައި، އިދާރީ މަސައްކަތް ކުރާނެ އޮފީހާއި، މީޓިންގ ރޫމާއި، ޕަބްލިކް ހެލްތު ޔުނިޓާއި، ޖެނެރަލް ސްޓޯރއަކާއި މެޑިކަލް ސްޓޯރއެއްގެ އިތުރުން ލޯންޑްރީ އޭރިއާއެއް ހުރެއެވެ.

އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރެއްވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ވަނީ ހިންގާފައެވެ.

މިގޮތުން ޞިއްޙީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި، ސަރަޙައްދީ ހޮސްޕިޓަލްތަކުގެ ޢުމުރާނީ ތަރައްޤީއަށާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، އައު ޚިދުމަތްތައް ވަނީ ފަށާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *