ލ.މާވަށުގައި 25 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަންގެ ކޯލްޑް ސްޓޯރޭޖް އެޅުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

މާވަށު އައިސް ޕްލާންޓާއި ކޯލްޓް ސްޓޯރޭޖް ހެދުމުގެ މަސައްކަތް ކުރުމަށް ފެނަކަ އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން އެވެ. ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެވެ.

ފެނަކަ އާއި މި މަސައްކަތް ހަވާލުކުރީ މިއަދުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *