ޚަބަރު
ޔާމީނަށް އަދިވެސް މީހުން ދަސްނުވޭ: އަދުރޭ
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ޕީއެންސީގެ ޗެއާޕާސަން ވާހަކަދައްކަވަނީ--ފޮޓޯ: ޕީއެންސީ

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް އަދިވެސް އެމަނިކުފާނު ގާތް ކުރައްވާ ބޭފުޅުންގެ ގޮތް ދަސްނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިފަދައިން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕްގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ނެވެ.

ޕީއެންސީގެ އިސް ލީޑަރުންތަކެއް ބައިވެރިވި މި ޕެނަލްގައި ވާހަކަދައްވަމުން އަދުރޭ ވިދާޅުވީ ކުރިއެކޭ އެއްގޮތަށް މިހާރުވެސް ޔާމީނަށް އެމަނިކުފާނާއި އަރިސް ބޭފުޅުންގެ ތެރެއިން އެމަނިކުފާނަށް ހެޔޮ އެދިވަޑައިގަންނަވާ ފަރާތްތައް ވަކިކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތަށް ވިދާޅުވަމުން އަދުރޭގެ ވާހަކަ ފެއްޓެވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ކުރިމަތިލެއްވި ނާކާމިޔާބީއާއި ގުޅިގެން ދެއްވި ތަގްރީރުގައި ދެއްކެވި ބަސްފުޅަކަށް އިޝާރާތް ކުރައްވަމުން ނެވެ. އަދުރޭ ވިދާޅުވީ އެ ތަގްރީރުގައި ޔާމީން ވަނީ އެމަނިކުފާނަށް “މީހުން ދަސްނުވާ” ކަމަށް ވިދާޅުވެފަ އެވެ.

މި މޭރުމުން ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ޔާމީނަށް އިހުލާސްތެރީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން މިހާރު ޔާމީންގެ ޕާޓީ ޕީއެންއެފްއިން މަޖިލީހަށް ކުރިމަތިލައްވައިގެން ހުންނެވި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އެމަގާމުގައި ހުންނެވިއިރު ޔާމީންގެ ލޯންޗްކޮޅުގައި ހިނގި ބޮން ގޮވުމުގެ ހާދިސާގެ ތަހުގީގުގެ ތަފްސީލުތައް ޔާމީނާއި ހިއްސާ ނުކުރައްވާ ކަމަށް ޔާމީން އަމިއްލަފުޅަށް ވިދާޅުވި ކަމަށެވެ. އަދި ހިޔާނާތުގެ މައްސަލަައިގައި ޔާމީން ޖަލުގައި ހުންނެވި ދުވަސްވަރު އޭރުގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު މުހައްމަދު ޖަމާލް ހުންނެވީ ފިނިކޮޓަރީގައި ކަމަށެވެ. މިހާރު ޔާމީނާއި އަރިސްކޮށް ހުންނެވި ނަމަވެސް ޔާމީންގެ ހައްގުގައި އޭރު މަގުމައްޗަށް މުޒާހަރާ ކުރަން ނިކުންނެވީ މިހާރުގެ ޕީއެންސީގެ ލީޑާޝިޕުން ކަން އަދުރޭ ފާހަގަކުރެއްވި އެވެ.

މީގެ އިތުރަށްވެސް، އަދުރޭ ވަނީ ޔާމީންގެ ގާނޫނީ ވަކީލު ކަމުގައިވާ ކުރީގެ ނައިބު ރައީސްް ޑރ. މުހައްމަދު ޖަމީލު އަހުމަދު އެމަނިކުފާނަށް ދޮގު މައުލޫމާތުތައް ދެއްވަވައިގެން ފިތުނަ އުފައްދަވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top