ވަޒީފާ ހޯދުމަށް މަސައްކަތް ކުރާ މީހުންނަށް އިނާޔަތް ދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕެއިނަށް ނ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރޭ ވެލިދޫގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވަނީ އެމްޑީޕީގެ މެނިފެސްޓޯގެ ދެވަނަ ބައި އިއުލާންކޮށްފައެވެ.

ރޭ އިފްތިތާހްކުރި "އާ ޒުވާން ޖީލު" ބައިގައި އެންމެ އިސްކަމެއް ދީގެން ހިމަނާފައިވަނީ އުފެއްދުންތެރި އީޖާދީ މަސައްކަތްތަކަށް ހަމަ އަގު ހޯދައިދިނުމަށްޓަކައި ޕޭޓެންޓްތަކާއި ޓްރޭޑްމާކްތައް ރަޖިސްޓްރީކޮށް ޓްރޭޑް ކުރެވޭނެ ޕްލެޓްފޯމެއް ގާއިމުކުރުމާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އަންއެމްޕްލޯއިމަންޓް ބެނެފިޓްސް ތައާރަފުކުރުމަށެވެ.

މެނިފެސްޓޯގެ ދެވަނަ ބައިގައި ހިމަނާފައިވާ އިތުރު ކަންކަމުގެ ތެރޭގައި ޒުވާނުންގެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް މަގުފަހި ކުރާނެ ޔޫތު އިނޮވޭޝަން ލެބް އަދި ޔޫތު އެންޓަޕްރިނިއަޝިޕް އިންކިއުބޭޓާސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުން ހިމެނެއެވެ. އަދި، ޒުވާނުންނަށް ހާއްސަ ސްޓާޓަޕް ލޯނު، އިކިއުޓީ ފައިނޭންސިން އަދި މައިކްރޮފައިނޭންސިން ލޯނު ތައާރަފުކުރުންވެސް ހިމެނެއެވެ.

ނ. ލަންދޫގައި ބޭއްވި ކެމްޕޭން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން،  ރައީސް ވިދާޅުވީ، ރިޔާސީ ދެވަނަ ދައުރެއްގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މިނިސްޓްރީއަށް ބަދަލު ގެނެސް ޒުވާނުންނަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށެވެ.

މީގެ އިތުރުން، ޔޫތް ކޯ އެއް ގާއިމުކޮށް ޔޫތް ލީޑަރުން އުފައްދަވާނެ ކަމަށްވެސް ލަންދޫގައި ވާހަކަފުޅު ދައްކަވަމުން  އެމަނިކުފާނު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *