ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލް އަލުން އެކްޓިން އަށް ނުކުންނަވަން އުޅުއްވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ޕްރިންސް ހެރީގެ އަނބިކަނބަލުން މެގަން މާކަލް ފިލްމް ކުޅެން އެނބުރި ހޮލީވުޑަށް ނިކުންނަވަން މިހާރު ހުރީ ތައްޔާރަށް ކަމަށާ ހޮލީވުޑްގެ "ވިލިއަމް މޮރިސް އެންޑާވާ" އާއި އެކު އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.
ޕްރިންސް ހެރީއާ ކައިވެނި ބައްލަވައިގަތުމުގެ ކުރިން މެގަން މުހިއްމު ރޯލެއްކުޅެފައިވާ ހޮލީވުޑްގެ ސީރީސް " ސޫޓްސް" ބެލުންތެރިންގެ މަގުބޫލުކަން ވަނީ ލިބިވަދައިގެންފައެވެ. އަދި މިހާރު އެނބުރި ފިލްމް ކުޅެން މެގަން ހުްނންެވީ އުފަލާއެކު ތައްޔާރަށް ކަމަށާއި އަދި ޕްރިންސް ހެރީގެ ފުރިހަމަ އެއްބާރުލުންވެސް އެކަމަށް ލިބިވަޑައިގަންނަވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މީގެ އތުރުން ޕީޓާޕޭންގެ ލިޔުންތެރިޔާ ނިކޯލް ރަސިން ބުނީ މެގަންގެ މަޝްހޫރުކަމުގެ ސަބަބުން އޭނާގެ ކުރިމަގު ވަރަށް އުޖާލާވާނެކަމަށް ދެކޭ ކަމަށާއި މަސައްކަތްކޮށްފިނަ އެންމެ މޮޅު އަދި 'އޭ ލިސްޓް' އެކްޓަރަކަށްވުމުގެ ފުރުސަތު މެގަންއަށް ބޮޑު ކަމަށެވެ.