ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް, ޑރ. މުހައްމަދު މުއިއްޒާއި، ރަނިންމޭޓް, ހުސެއިން މުހައްމަދު ލަތީފް މިަދު ކެމްޕެއިން ދަތުރުތައް ބޮޑުތިލަދުންމަތިން ފައްޓަވައިފިއެވެ.

ތިން ދުވަހުގެ ދަތުރުފުޅެއް މިއަދު ފެއްޓެވި އިރު، މުއިއްޒުގެ ޓީމުން ފުރަތަމަ ވަޑައިގަންނަވާނީ ހއ. އަދި ހދ. އަތޮޅުގެ 11 ރަށަކަށް ކަމަށް ކެމްޕޭން ޓީމުން މައުލޫމާތުދެއެވެ.

މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ހަނިމާދޫއަށެވެ. އެއަށްފަހު ނޮޅިވަރަމާއި ކުޅުދުފުށްޓަށްވެސް މިއަދު ވަޑައިގަންނަވާނެ އެވެ. ކެމްޕޭން ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މިރޭ ކުޅުދުއްފުށީގައެވެ.

މުއިއްޒު ވަނީ މިދިޔަ ބުރާސްފަތި މާލޭގައި، ދުވަހު ދޮރުން ދޮރަށް ހަރަކާތްވެސް ފައްޓަވައިފައެވެ. އެގޮތުން އެންމެ ފުރަތަމަ ޒިޔާރަތް ކުރީ ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން ގާތަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *