ރައީސް ގއ. އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން

މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރވިއްޖެ ނަމަ ގއ. ނިލަންދޫގައި އާއިލާ އާއި ރަހްމަތްތެރިން އެއްވާ ކަހަލަ ފެހިކަން ބޮޑު ޕާކުތައް ހެދުމާއި، މަގުތަށް ހަދާ ތާރު އެޅުމާއި، ޒުވާނުންގެ މަރުކަޒެއް އަޅާދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ ހުވަދުއޮތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނިލަންދުއަށް ވަޑއިގެން އެރަށުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެރަށަށް އަންނަ ދައުރުގައި ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ވައުދުވެވަޑަިއގެންފައެވެ. އެގޮތުން ނިލަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާއި، ރަށުގެ ބަނދަރު ސަރަހައްދު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި، ޒުވާނުންނަށް ފުޓްބޯޅަ ސްޓޭޑިއަމެއް އަޅާދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

އިޖްތިމާއީ ތަރައްގީގެ ދެން އޮތް މަރުހަލާއަކީ އުފާވެރިކަމާ ހިންހަމަޖެހުން ގާއިމްވެ ކުރިޔަށް ދިއުން ކަމަށާއި، ކުރިއަށް އޮތް މަރުހަލާ އަކީ ހިދުމަތްތަކުގެ ފެންވަރު މަތި ކުރުމާއި ލުއިފަސޭހަ ގޮތްތަކެއް ފަހިވުން ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އުފާވެރި ދިރިއުޅުމެއްގެ ސިޔާސަތުގެ ތެރެއިން ކުރުމަށް ރާވާފައިވާ ކަންކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ މަދަނީ ޖަމިއްޔާތައް ބާރުވެރިކޮށް އެފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި ދައުރުގައި ރަށްރަށުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންވެފައި ހުރި އަސާސީ އެތަކެއް ހިދުމަތްތަކެއް މި ދަނީ ފުރިހަމަވެ ނިމެމުން ކަމަށެވެ.

ތަރއްގީގެ ގެ މަގުގައި ކުރިއަށްދިއުމަށްޓައި އެންމެ މުހިއްމު ކަމަކީ ހަމަޖެހުން ގާއިމްވެފައި އޮތުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ނިލަންދޫގެ ރައްޔިތުންވެސް އުފާވެރި އަމާން ރާއްޖެއެއް ގާއިމުކުރުމުގައި އެއްބާރުލުން ދެއްވުަމށް ރައީސް އެދިވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *