ސްވިމިންގ ޓްރެކް ސަރަހައްދުގައި ގާއިމްކުރި ސްލައިޑް އަދި ޑައިވިންގ ޕްލެޓްފޯމް

މާލޭ ސްވިމިނިސް ޓްރެކްގެ ލޮނުގަނޑު ނަޖިހުން ތަޣައްޔަރުވެ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމަށް އެތަން ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ސްވިމިން ޓްރެކްގެ ލޮނުގަނޑުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޗްޕީއޭއީން އެންމެ ފަހުން ހެދި ޓެސްޓުން ދައްކާ ގޮތުގައި ޓްރެކް ސަރަހައްދުގެ ލޮނުގަނޑު ވަނީ ވަރަށް ބޮޑަށް ތަޣައްޔަރުވެފައެވެ.

ސްވިމިން އެސޯސިއޭޝަނާއި، ފަތަން ދަސްކޮށްދޭ ޖަމްއިއްޔާ ޖަމާއަތްތަކުން އަދި އާންމުންވެސް ބޭނުން ކުރަމުން އަންނަ ސަރަހައްދެކެވެ.

އެ ސަރަހައްދުގެ މޫދަށް ނަޖިހުގެ އަސަރު ކުރަނީ މާލޭގެ ނަރުދަމާ، އައުޓްފްލޯ ހޮޅި އަޅާފައި އޮންނަ، ރަސްފަންނު ސަރަހައްދު ބޭރަށް ކަމަށްވާތީ މި ދުވަސްވަރު އޮއިވަރަށް އައިސްފައިވާ ބަދަލާއި އެކުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *