އަމީނީމަގު ގެ މަސައްކަތް ކުރިޔަށްދަނީ - ފޮޓޯ: އާރްޑީސީ

އަމީނީމަގު ސެގްމެންޓް 9 އަދި 10 ގައި ފެނާއި ނަރުދަމާ ހޮޅި އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހަފުތާތެރޭގައި ކުރަމުންދާ ކަމަށް އާރްޑީސީ އިން ބުނެފިއެވެ.

އާރްޑީސީން ވަނީ ޣިޔާސުއްދީން ސުކޫލާއި ހަމައަށް ތާރު އަޅާ ނިންމާލާފައެވެ. އަދި ތާރުއަޅާ ނިންމިފައިވާ ސަރަހައްދު އާންމުންނަށް ހުޅުވާލާ މިހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ.

މިހާރު މަސައްކަތް ކުރިޔަށްދަނީ ސެގްމެންޓް 9 އަދި 10 ގައެވެ. ސެގްމެންޓް 9 ގައި މިވަގުތު ކުރިއަށްދަނީ ސްޓޯރމް ވޯޓަރ ނެޓްވޯކް އެޅުމުގެ މަސައްކަތާއި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތެވެ.

މީގެ އިތުރުން ސެގްމެންޓް 9 ގައި ދުވާރުގެ ޕޭވިންގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އާރްޑީސީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *