ސުޕްރީމު ކޯޓުގައި ބޭއްވި ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ޝަރީއަތުގެ ތެރެއިން

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމުގެ މައްޗަށް އިއްވާފައިވާ، 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ހައިކޯޓުގައި ބުރާސްފަތި ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަތުރުވެރިކަމުގެ ބޭނުމަށް ވ. އާރަށް ކުށްޔަށް ދިނުމުގައި ރިޝްވަތު ޤަބޫލުކުރުމާއި، މަނީލޯންޑަރިންގެ އަމަލު ހިންގެވިކަމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ ޑިސެމްބަރު 2021 ގައެވެ. ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ޖަލު ހުކުމް ތަންފީޒު ކުރެއްވުމުގެ އިތުރުން މަނީލޯންޑްރިން އަށް ހޭދަކުރެއްވި 52 މިލިއަން ރުފިޔާ 6 މަސްދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށެވެ.

ޕީޕީއެމް/ޕީއެންސީން ތުހުމަތު ކުރަނީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުނީ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތް ހައި ކޯޓުން ދިގުދަންމާތީ ކަމަށެވެ. އަދި އިސްތިއުނާފު ޝަރީއަތް އަވަސް ކޮށްދެއްވުމަށް އެދި ޕީޕީއެމްގެ ލީޑަރޝީޕްގެ ބައެއް ބޭފުޅުން ހައިކޯޓަށްވެސް ވަޑައިގެންނެވެ.

މި ހުކުމާއި ގުޅިގެންނާއި ޖޫރިމަނާ ފައިސާ ނުދައްކާ އޮތުމުގެ ސަބަބބުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އެ ކޯޓުން ވަނީ ބާތިލުކޮށްފައެވެ. އަދި އެ މައްސަލަ ސްޕްރީމު ކޯޓަށް ހުށަހެޅުމުން އާދިއްތަ ދުވަހު އެ ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމެވީ ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޤާނޫނުގައި ބުނާ ޝަރުތު ފުރިހަމަ ނުވާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *