އިންޑިއާގެ ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް

އަމިއްލައަށް ކިޔާފައި ހުންނަ އެއްވެސް ލަވައެއް "ރިކްރިއޭޓް  ވާކަށް" ނުވަތަ އަލުން އުފައްދަން ބޭނުން ނުވާ ކަމަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް ބުނެފި އެވެ.

ބޮލީވުޑްގެ ގިނަ އަދަދެއްގެ ފިލްމުތަކަށް ލަވަކިޔާދީފައިވާ، ޝްރެޔާ އާއި ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ އޭނާ ކިޔާފައިވާ ކޮންމެ ލަވަޔަކާއި، ވަރަށް  ހާއްސަ ހަނދާންތަކެއް ގުޅިފައިވާ ކަމަށެވެ.  ޝްރެޔާ ބުނީ އެ ސަބަބާއިހުރެ  އޭނާގެ ލަވަތައް އެއްވެސް ބަޔަކު ރިކްރިއޭޓް ކުރަން ބޭނުންވާ  ނުވާ ކަމަށެވެ.

މީގެ ކުރިން އޭނާ ކިޔާފައިވާ ލަވަތަކަކީ މިހާރު އަމިއްލައަށްވެސް އޭނާއަށް ކުރިން ކީގޮތަށް ކިޔޭނެ ލަވަތަކެއް ނޫން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޝްރެޔާ އަކީ އިންޑިއާގެ 20 އަށްވުރެ ގިނަ ބަހުރުވައިން ލަވަ  ކިޔާފައިވާ ފަންނާނެކެވެ. އޭގެތެރޭގައި ހިންދީ، ބެންގާލީ، ކަންނަޑާ، ޓެލްގޫ، ޓެމިލް އަދި، މަޅިޔާލަމް ބަހުރުވައިން ކިޔާފައިވާ ލަވަތައް ހިމެނެއެވެ. ޝްރެޔާ އަކީ 2405  އަށްވުރެ ގިނަ ލަވަ ކިޔައިފައިވާ އާންމުންގެ މެދުގައި މަޤްބޫލު ފަންނާނެކެވެ.

ޝްރެޔާ ގޯޝަލް ކިޔާފައިވާ ބައެއް ފާހަގަކޮށްލެވޭ ލަވަތަކުގެތެރޭގައި ސަލްމާން ހާން އާއި ކެތްރީނާ ފެނިގެންދާ ފިލްމް.ބޮޑީ ގާޑްގެ ލަވަ "ތޭރީ މޭރީ، އިމްރާން ހާޝީމީއާއި ޓަނުޝްރީ ފެނިގެންދާ އާޝިގް ބަޔާނާ އާޕްނޭ އަދި ކެތްރީނާ އާއި ޝާހްރުކް ހާން ފެނިގެންދާ ފިލްމް ޖަބް ތަކް ހޭ ޖާންގެ ލަވަ، ސާސް މެ ތޭރީ ފަދަ މަޝްހޫރު ލަވަތައް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *