އުކުޅަސް
އއ. އުކުޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢޫގެ 72 އިންސައްތަ މަސައްކަތް ނިންމާލައިފި އެވެ.
އެމްޓީސީސީން ބުނީ މިވަގުތު ކުރިއަށް ދަނީ ޖެޓީގެ ބީމް އާއި ސްލެބްގެ ޝަޓަރިންގ، ރިއިންފޯސްމަންޓް އަދި ކާސްޓިންގ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 4,954 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 5 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 484 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މީގެ އިތުރުން 264  މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، ކަނެކްޓިވިޓީ ބްރިޖެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، އޭޕްރަންއެއް ހެދުމާއި، 1,598 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.
މި މަޝްރޫޢަކީ 40.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *