އަމީނީ މަގުގަ އެންމެ ފަހުން ތާރުއެޅި ސެގްމެންޓް 8 އަދި 9 އެއް އާންމުނަށް ހުޅުވާލައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން ވަނީ މިމަހުގެ ދެވަނަ އަމީނީމަގުގެ ސެގްމަންޓް 8 އަދި  9 ގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލާލާފައެވެ. އާރްޑީސީން މަސައްކަތްކުރީ ދިރާސީ އަހަރު ފެށެންވާއިރަށް އެ ސަރަހައްދުގައި ތާރުއަޅާ އާންމުންނަށް ހުޅުވާލުމަށެވެ. ސަބަބަކީ އެ ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުރި ސަރަހައްދަކަށްވުމުން ސްކޫޅް ދުވަސްވަރު އެތަން ބަންދުކޮށްފައި އޮތުމަކީ ގިނަ ބަޔަކަށް ދަތި އުނގޫތަކާ ކުރިމަތިލާންޖެހޭނެ ކަމަކަށްވުމެވެ. އެހެން ކަމުން މިއަދު ދިރާސީ އަހަރު ފެށިއިރު އެމަގު ވަނީ ހެނދުނު އާންމުންނަށް ހުޅުވާލާފައެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގުތަރައްގީކުރުމުގެ މަސައްކަތް  އާރްޑީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހެވެ.

އަމީނީ މަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ޕްލޭނިން މިނިސްޓްރީން އާރްޑީސީ އާއި ހަވާލުކުރީ 210 މިލިއަން ރުފިޔާއަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *