ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަ ކުރެއްވުމަށް ޕީއެންސީގެ ޓިކެޓް ހޯއްދެވި ޑރ. މުހައްމަދު މުއިއްޒުގެ  ރަނިންގމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެންބެ) ހަމަޖައްސަވައިފިއެވެ.

ރަނިންމޭޓް ކަމަށް ހެސެއިން މުހައްމަދު ހަމަޖެއްސެވުމަށް ނިންމަވާ އެކަން އިއުލާނު ކުރައްވާފައި ވަނީ މިއަދު ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައެވެ.

މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒު ވިދާޅުވީ ހުސެއިން މުހައްމަދަކީ، ޒުވާން، ތަޢުލީމީ، ޤާބިލް ޚިދްމަތްތެރިއެއް ކަމަަށެވެ.

‏އަދި ދުޢާއަކީ، 7 އޯގަސްޓަށް ވަގުތު ހަމަވުމުގެ ކުރިން، ޕްރޮގްރެސިވް ކޯލިޝަންގެ ކެނޑިޑޭޓް ރައީސް ޔާމީން އަށް ވާދަކުރުމުގެ ފުރުސަތު ލިބުން ކަމަށާއި މި ތައްޔާރުކުރެވޭ "ބެކްއަޕް" އެޕްލިކޭޝަން ލާންނުޖެހުން ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *