ލީޑް ރޯލުން ސަނީ ޑިއޯލް ފެނިގެންދާ ފިލްމް "ގަދަރް 2"ރިލީޒްކުރުމަށް އަދި ބާކީ އެއް ހަފްތާއެއްހާ ދުވަސް އޮއްވާ، ޓިކެޓް ވިއްކަން ފެށި ފުރިތަމަ ދުވަހު އެކަނިވެސް 10،000 ހެއްހާ ޓިކެޓް ވިކިއްޖެ އެވެ.

އަދީއްތަ ދުވަހު އިންޑިއާގެ ގިނަ ހިސާބުތަކެއްގައި ދުރާލާ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލުމާއި އެކު ހަމަ އެދުވަހު ހެނދުނު 11 ޖެހުމާއި ހަމައަށް ބޮޑު ތަރްހީބެއް ލިބުނެވެ.

އަކްޝޭ ކްރާމްގެ 'އޯއެމްޖީ 2 ' ގެ  ޓިކެޓް ދުރާލާ ބުކް ކުރުމަށް ފެށީ ގަދަރަށަ ވުރެ ކުރިންނެވެ. އެހެންނަމަވެސް ގަދަރް 2 ގެ ޓިކެޓްތައް ވަނީ މާ ގިނަ ގަޑިއިރުތަކެއް ނުވަނީސް 10،000 ހާއި ހަމައަށް ވިކިފައެވެ.

އިންޑިއާގެ ބޮކްސް އޮފީހުން ބުނާ ގޮތުގައި މހާ ގިނަ އަދަދަށް ގަދަރް 2 ގެ ޓިކެޓް ވިކުނީ މިފިލމްގެ ޓްރެއިލާ ގެ ސަބަބުބްނެވެ.

ޓްރެއިލާ ބެލި ފަރާތްތަކުން ކެތްމަދުވެފައި ތިބީ މިފިލްމް އަޅުވާނެ ދުވަހުގެ އިންތިޒާރުގައެވެ.

ގަދަރް 2 ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވަނި 11 އޮގަސްޓް 2023 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *