މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ:

ރައްޔިތުންގެ މަޖިލިހުގެ ރ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ޓިކެޓް މާލެ ސިޓީ ކައުންސިލްގެ މޭޔަރ، ޑރ. މުހައްމަދު މުއިއްޒު ހޯއްދަވައިފިއެވެ.

މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވީ 25 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

ޕީޕީއެމާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަނުކުރެވޭ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް އެ ޕާޓީގެ ސެނެޓުން މިއަދު ފާސްކޮށް، ޓިކެޓަށް ވާދަކުރުމަށް ހުޅުވާލީ މިއަދެވެ.

ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު މިއަދާ ހަމައަށް ހުންނެވީ ޕީޕީއެމްގެ ނައިބު ރައީސްގެ ގޮތުގައެވެ. ނަމަވެސް ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރުމަށްޓަކައި މިއަދު މުއިއްޒު ވަނީ  އެ ޕާޓީ އާއި ގުޅިވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *