އައިޖީއެމް ހޮސްޕިޓަލް

ޖުލައިމަހު ރާއްޖޭގައި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރި މިންވަރު ވަރަށްބޮޑުތން އިތުރުވެފައިވާކަމަން ހެލްޕް ޕްރޮޓެކްޝަން އެޖެންސީ (އެޗްފީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ޖުލައި މަހު ބޭރަށް ހިންގުމުގެ ރޯގާގެ 7384 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެއީ ޖޫން މަހާ އަޅާ ބަލާއިރު 4000 އަށް ވުރެ އިތުރު އަދަދެކެވެ.  ބޭރަށް ހިންގުން ޖެހިގެން މާލެ ސަރަހައްދުގެ އިތުރުން ރިޕޯޓްކޮށްފައިވަނީ ށ،ރ، ބ، ޅ އަދި  ސ އަތޮޅުންނެވެ.

އާބާދީގެ ކޮންމެ 10،000 މީހުންގެ ނިސްބަތުން ބަލާއިރު ޑެންގީ ހުން އިތުރު ވެފައިވަނީ ގްރޭޓާ މާލޭގެ އިތުރުން ހދ، ރ، ބ، ކ، ތ ، ލ، އަދި ސީނު އަތޮޅުންނެވެ. ވައިރަލް ހުން އިތުރުވެފައިވަނީ މާލޭ ގެ އިތުރުން ނ، ރ،ބ، ކ، އ، ވ، މ، ތ، އަދި ސީނު އަތޮޅުގަ އެވެ. އަދި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވަނީ ހއ، ނ، ރ، ބ، ޅ، އދ، އަދި ގދ އަތޮޅުންނެވެ.

ޖޫން މަހަށް އަޅާ ބަލާއިރު އާންމު ރޯގާގެ ގޮތުގައި އެންމެ ގިނައިން ރިޕޯޓް ކުރެވިފައިވަނީ ބޭރަށް ހިންގުމާއި  ވައިރަލް ހުމެވެ.

ޑެންގީ ހުން، އަރިދަފުސް ރޯގާ، އިންފުލުއެންޒާ ، ބޭރަށް ހިންގުން ރިޕޯޓްކޮށްފައިވާ އަދަދުތައް ހާމަކޮށް އެޗްޕީއެއް ނެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ ޖޫން މަހާ އަޅާ ބަލާއިރު ޖުލައި މަހުގައި ޑެންގީހުން، އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށެވެ.

ޖުލައި މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 271 މީހުން، އަރިދަފުސް ރޯގާ ޖެހިގެން 23،206 މީހުން، އަދި އިންފުލުއެންޒާއަށް 1270 މީހުން ޓެސްޓް ކުރެވިފައިވާއިރު ޕޮސިޓިވްވެފައިވަނީ 218 މީހުންނެވެ.

ބޭރަށް ހިންގުން އިތުރުވެފައިވަނީ ހަލުވިކަމާއެކު ފެތުރެމުން އައި ނޯރޯވައިރަސްގެ ރޯގާ އާއި ގުޅިގެންނެވެ.

ނޯރޯވައިރަސްގެ ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިންމު ފިޔަވަޅުތައް އެޗްޕީއޭއިން ވަނީ އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ.

އެގޮތުން ގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، މީހުން އެއްވާ ތަންތަނަށް ނުދިއުމާއި، ހޮޑާއި ބޮޑުކަމުދާތަކެތި ސާފުކުރާއިރު އަންގިލެއްވުމާއި، ބަލީގެ އަލާމާތްތައް ފިލިނަމަވެސް 24 ގަޑިއިރުގެ ތެރޭގައި ކާބޯތަކެތި ތައްޔާރު ނުކުރުން ފަދަ ކަންކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *