ޚަބަރު
ޔާމީންގެ ހައްގުގައި ދެންވެސް މަސައްކަތްކުރާނީ އަޅުގަނޑުމެން: ޝުޖާއު

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ހައްގުގައި ދެންވެސް މަސައްކަތްކުރާނީ ޕީއެންސީގެ އިސް ބޭފުޅުން ކަމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ހުޅުމާލެ ދާއިރާގެ ކަައުންސިލަރު އިބްރާހިމް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕްގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ނެވެ.

ޕީއެންސީގެ އިސް ލީޑަރުންތަކެއް ބައިވެރިވި މި ޕެނަލްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ހިޔާނާތުގެ މައްސަލައިގައި ހުކުމް ތަންފީޒުކުރަމުންދާ ޔާމީން މިނިވަންކުރަން މަސައްކަތްކުރި އުސޫލުން ދެންވެސް ޔާމީންގެ ހައްގުގައި މަސައްކަތްކުރާނީ މިހާރު ޕީއެންސީގައި ތިއްބެވި އިސް ބޭފުޅުން ކަމަށެވެ.

ޝުޖާއު ވިދާޅުވީ ޔާމީން ފޯން ކުރެއްވުމުންވެސް އެންމެ ފުރަތަމަަ ފޯން ނަންގަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކަމަށެވެ. މީގެކުރިން ޔާމީން މިނިވަންކުރުމަށްޓަަކައި އެކި ރޭ މަތިން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު ޔާމީންގެ ޖަލު ހުކުމަށް ލުއިފަސޭހަތަކެއް ލިބިގެންދިޔަކަން ޝުޖާއު ފާހަގަކުރެއްވި އެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ މިވަގުތު ރައީސް ޔާމީންއާއިއެކު ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް މަސައްކަތްކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އަރިހުން އެމަނިކުފާނުގެ ކޯޓު މައްސަލައިގެ ތަފްސީލުތައް ހިއްސާކުރައްވަން އެދިވަޑައިގަތުމުން ޖަމީލު ހިމެނޭހެން ޔާމީންގެ ގާނޫނީ ޓީމުން އެ މައުލޫމާތުތައް ހިއްސާ ނުކުރައްވާ ކަމަށް ޝުޖާއު ހާމަކުރެއްވި އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top