ހއ. އުލިގަމު، ހދ. ނާވައިދޫ، ރ. ވާދޫ ފުޓްބޯޅަ ދަނޑުގެ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް އޯޓެކްސް ޕްރައިވެޓް ލިމިޑެޓާއި ހަވާލުކުރުން - ފޮޓޯ: ޔޫތް މިނިސްޓްރީ

ތިން ރަށެއްގެ ފުޓްބޯޅަ ދަނޑަށް ޓާފް ސަޕްލައިކުރުމަށް ޔޫތް މިނިސްޓްރީން އޯޓެކްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުންޏާއި އެކު ސޮއި ކޮށްފައިވަނީ ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ، ތިލަދުންމަތީ އުތުރުބުރީ އުލިގަމު އަދި މާޅޮސްމަޑުލު އުތުރުބުރީ ވާދޫ، ފުޓްބޯޅަ ދަނޑުގެ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ އެއްބަސްވުމުގައެވެ.

ނައިވާދޫ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،974،765.71 (ހަތަރު މިލިއަން ނުވަލައްކަ ހަތްދިހަ ހަތަރުހާސް ހަތްސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ ހަތްދިހަ އެއްލާރި) އަށެވެ. މި މަސައްކަތް ނިންމަން ދީފައިވަނީ 90 ދުވަހެވެ.

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ފުޓްބޯޅަ ދަނޑުގެ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް ހަވާލުކުރީ 4،951،173.65 (ހަތަރު މިލިއަން ނުވަލައްކަ ފަންސާސް އެއްހާސް އެއްސަތޭކަ ހަތްދިހަ ތިންރުފިޔާ ފަސްދޮޅަސް ފަސްލާރި) އަށެވެ.  މި މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 90 ދުވަހެވެ.

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ފުޓްބޯޅަ ދަނޑުގެ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް ހަވާލުކޮށްފައިވަނީ 4،887،970.92 (ހަތަރު މިލިއަން އަށްލައްކަ އަށްޑިހަ ހަތްހާސް ނުވަސަތޭކަ ހަތްދިހަ ރުފިޔާ ނުވަދިހަ ދެލާރި) އަށެވެ.
މި  މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 90 ދުވަހަށެވެ.

މި އެއްބަސްވުންތަކުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ފުޢާދެވެ.
އޯޓެކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙުމަދު ޔާފިއު ހަސަން އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *