ދިއްދޫގައި ވޮލީ ކޯޓު އެޅުމަށް ތަރައްޤީކުރުމަށް ގްރީންލައިން މޯލްޑިވްސް އާއިއެކު ސޮއިކުރުން - ފޮޓޯ: ޔޫތް މިނިސްޓްރީ

ދެ ރަށެއްގައި އައުޓްޑޯ ވޮލީކޯޓު ތަރައްޤީކުރުމަށް ޔޫތު މިނިސްޓްރީން ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފިއެވެ.

ޔޫތް މިނިސްޓްރީން މިއަދު ކޮންޓްރެކްޓަރުންނާއި އެކު ސޮއި ކޮށްފައިވަނީ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ އައުޓްޑޯ ވޮލީކޯޓް ތަރައްޤީކުރުމާއި، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް އައުޓްޑޯ ވޮލީކޯޓް ތަރައްޤީކުރުމަށެވެ.

ދިއްދޫގައި އައުޓްޑޯ ވޮލީ ކޯޓެއް ތަރައްޤީ ކުރުމަށް ހަވާލުކޮށްފައިވަނީ ގްރީންލައިން މޯލްޑިވްސް އެވެ.  އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 1،224،143.06 (އެއްމިލިއަން ދެލައްކަ ސައުވީސްހާސް އެއްސަތޭކަ ސާޅީސް ތިންރުފިޔާ ހަލާރި) އެވެ.  ގްރީންލައިން މޯލްޑިވްސް އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ފުޢާދެވެ. ގްރީންލައިން މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިރެކްޓަރ އަބްދުﷲ ޞާލިޙެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް އައުޓްޑޯ ވޮލީކޯޓް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ބޮޑުތިލަ އިންވެސްޓްމަންޓާއި އެވެ.  އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރީ 1،152.433.520 (އެއްމިލިއަން އެއްލައްކަ ފަންސާސް ދެހާސް ހަތަރުސަތޭކަ ތިރީސް ތިންރުފިޔާ ވިހިލާރި) އަށެވެ. މި މަސައްކަތް ނިންމަން ދީފައިވަނީ 44 ދުވަހެވެ.

މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ފުޢާދެވެ.
ބޮޑުތިލަ އިންވެސްޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް މެނޭޖަރ އާމިނަތު ޝަކީލާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *