ށ. މިލަންދޫ ފެނަކަ އޮފީހުގެ އައު އިމާރާތް

މިއަދު މިލަންދޫގައި  ރައީސުޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވި ފެނަކަ އިން އާ އިންޖީނުގެއަކީ 2000 އަކަ ފޫޓުގެ ތިން ބުރީގެ އިމާރާތެކެވެ.

ކުރިން އެރަށުގައި ހިންގަމުން އައި އިންޖީނުގެއަކީ 22  އަހަރު ވެފައިވާ ބާ އިންޖީނުގެއެކެވެ. އެތަނުގައި މަސައްކަތް ކުރީ  12 މުވައްޒަފުންނެވެ.

މިލަންދޫ ބާ އިންޖީނުގެ

ނަމަވެސް މިއަދު ރައީސް ސޯލިހު ހުޅުއްވާ ދެއްވި އާއި އޮފީހުގައި  54 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭ ވަރަށް  ޖާގަ ވަނީ ތަނަވަސް ވެފައެވެ.

ށ. މިލަންދޫ ފެނަކަ އޮފީހުގެ އައު އިމާރާތް ރައީސްހުޅުއްވާ ދެއްވުން

އައު ފެނަކާ އިމާރާތުގައި ހިމެނެނީ ގްރައުންޑް ފްލޯގައި ހުންނަ 1 މީޓިންގް ރޫމާއި، އެޑްމިންރޫމާއި،މެސްރޫމްއަކާއި ސެކިއުރިޓީ ރޫމް، ސޮޓޯރ އާއި އަދި 4 ފާހަނެއެވެ.

މި އިމާރާތުގެ 1 ވަނަ ބުރީގައި 4 ސުޕަވައިޒާ ރޫމް، މެނޭޖާ ރޫމް، 1 ކޮންފެރެންސް ރޫމް އާއި އިތުރު 4 ފާހަނާ ހިމެނެއެވެ.

2 ވަނަ ބުރީގައި ހަދާފައިވަނީ 1ސްޓޯރޫމް، 2 ބެޑް ރޫމް، 1 އެޕާޓްމަންޓް ، 1 ބަދިގެ އަދި 1  ޓެރަސް ކަމަށް ފެނަކައިން ބުނެއެވެ.

މިލަންދޫގެ ކުރީގެ އިންޖީނުގެ ހުންނަނީ ރަސްމީ ފުޓްބޯޅަ ދަނޑާއި ޖެހިގެން ހުންނަ ހީނާ ގޯޅީގެ އިރުމައްޗައް ވާ ގޮތަށެވެ.

ށ. މިލަންދޫ ފެނަކަ އޮފީހުގެ އައު އިމާރާތް ރައީސް ހުޅުއްވާ ދެއްވުން

އައު އިމާރާތް  ހަދާފައިވަނީ ހަމަ އެ  ބިމުގައި ކުރީގެ 4000 އަކަ ފޫޓު ބިމަށް 5800 އަކަ ފޫޓު އިތުރުކުރުމަށް ފަހުއެވެ.

މިއީ އަތޮޅުތެރޭގައި އިމާރާތްކުރި 8 ވަނަ ފެނަކަ އޮފީހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *