ޚަބަރު
ވެރިކަމާ ހަވާލުވި އިރު ފެނަކައިގެ ހާލަތު ވަރަށް ދަށް: ރައީސް

މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ފެނަކައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓުގެ ހިދުމަތް ދެމުންގެންދިޔަ އިންޖީނުގެތަކުގެ ހާލަތު އޮތީ ވަރަށް ދަށްކޮށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލައާ ގުޅިގެން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވި އިރު ފެނަކަ އޮތީ ވަރަށް ބޮޑަށް ދަރުވާލާފާ ކަމަށެވެ. އަދި މީގެ އިތުރުން ފެނަކައިގެ އިންޖީނުގެތަކުގެ ހާލަތު އޮތީ ވަރަށް ދަށްކޮށްކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އިންޖީނުގޭގައި ބޭނުން ކުރާ ޖެން ސެޓުތަކާއި އެހެނިހެން އާލާތްތައް މަރާމާތުކޮށް ނުބަލަހައްޓާތީ ވަރަށް ގިނަ ތަކެތި ބަދަލު ކުރަން ޖެހިފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ސަރުކާރުން މިހާރު ޖެންސެޓުތައް އާ ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މިހާރު ވެސް ބައެއް ރަށްތަކަށް މިކަމުގައި ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ގެނެވިފައި ވަނީ.

ރައީސް ވިދާޅުވީ މި މައްސަލަތައް ހައްލު ކުރުމަށް ވެރިކަމާ ހަވާލުވީ ދުވަހުން ފެށިގެން މަސައްކަތް ފަށާފައިވާނެ ކަމަށެވެ. އެއީ ޓްރާންސިޝަން މަރުހަލާގައި އެއްކުރި މައުލޫމާތުތަކަށް ބިނާކޮށްކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ކުރިއަށް އޮތް ތަނުގައި ފެނަކައިގެ ހާލަތު ރަނގަޅުވެގެން ދާ ތަން ފެނިގެން ދާނެ ކަމަށާއި ހުރިހާ ރަށެއްގައިވެސް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top