ށ. ފުނަދޫ އާއި އިންވެގެން އޮތް ފަރުކޮޅުފުށި، ފުނަދޫގެ ރައްޔިތުންނަށް އާމްދަނީ ލިބޭ ގޮތަށް ތަރައްގީކޮށްދެއްވާނެ ކަމުގެ ވަޢުދާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފުނަދޫ ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވެވަޑަިއގެންފިއެވެ.
އެގޮތުން ފުނަދޫގެ މަގުތައް ހަދައިދެއްވާނެކަމަށާއި، ރޯހައުސް ނުވަތަ ފްލެޓް އަޅާދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިގެއިތުރުން ފަރުކޮޅުފުޅިން ފުނަދޫގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވާ މަސްވރިންނަށް ފަސޭހައިން އައިސް ލިބޭނެ މަގު ފަހިވާ ގޮތަށް އައި ޕްލާންޓެއް ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.
ރައީސް ވަނީ ފުވަދޫގައި 50 އެނދުގެ އައު ހޮސްޕިޓަލެއް ގާއިމް ކޮށްދެއްވާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އިތުރު ކްލާސް ރޫމްތައްވެސް އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މިއަހަރު ނިމުމުގެ ކުރިން ފުނަދޫގެ ބިން ހިއްކުމަށްތަކައި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ދައުރަށް ވެވަޑައިގެންނެވި ބައެއް ވައުދުތައް ފުއްދިފައިވާ ކަމަށާ ބައެއް މަސައްކަތްތައް ފެށި އަނެއްބައި މަސައްކަތް ހުރީ ކޮންތްރެކްޓް ކުރެވިފައި ކަމަށެވެ. އަދި ނުނިމި ހުރި މަސައްކަތްތައް މިދައުރު ނިމުމުގެ ކުރިން ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތުން ބަލާއިރު ނަރުދަމާ ނިޒާމުގެ މަސައްކަތް އެއެދުނު ގޮތަށް މިހާރު ވަނީ ގުޅާދެވިފަ. ބައެއް ގޭގެއަށް އަދި ނުގުޅި ހުރިކަމުގެ ޝަކުވާ ދެންމެ ސަލާންކުރަމުން ބޭފުޅަކު ވިދާޅުވި. އެކަން އަޅުގަނޑު ބަލާވެސް ދޭނަން،"
ކުރީ ސަރުކާރުތަކުން ވެސް ފުނަދުއަށް ކަންތައްތަކެއް ކޮށްދީފައި ހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އޭގެއިން ބައެއް ކަންތައް ތަކަކީ އެއްވެސް ތަރުތީބެއް ނެތި ކޮށްފައިހުރި ކަންތައްތައް ކަމަށެވެ.
މިސާލަކަށް ބައްލަވާ. ތާރުއަޅާ ނިންމާފަ މިއޮތީ މިމަގުގަ. އެކަމަކު އަޑިއަށް ވަޅުލަންވީ އެއްޗިހި ވަޅުނުލާ. ތިބޭފުޅުންނަށް ތި ފެނިވަޑައިގަންނަވަނީ އެންމެ ފަހުން އަޅުގަނޑުމެން ތާރު ކަނޑާފަ ފެންހޮޅި ވަޅުލަން ޖެހުނީ. ފެނާ ނަރުދަމާ ނާޅާ ތާރުއެޅީމަ ޑަބަލް ޚަރަދުކުރަންޖެހި އެ މަސައްކަތް ކުރަން ސަރުކާރުން މިޖެހުނީ"
އެހެންކަމުން މި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަނީ ރަނގަޅަށް ޕްލޭންކޮށް ރާވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުނަދޫގައި މިހާރު ނުހެދި ބާކީ ހުރި މަގުތަކުގައި ތާރު އަޅައިގެން މި ދައުރުގައި ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.