ނ.މަނަދޫ ބަދަނރު ހެދުމުގެ މަސައްކަތުގެ  55 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ނ.މަނަދޫ ގައި ކުރިއަށްގެންދާ ބަނދަރު ނެރު ފުންކުރުމާއި ބޭރު ތޮށި ލުމުގެ މަސްކަތުގެ ތެރެއިން  55 އިންސައްތަ  މަސައްކަތް ނިމިފައިވާއިރު، ބޭރު ތޮށި ލުމާއި ރޭމްޕް ހެދުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ.

އެމްޓީސީސީ ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 29،038 ކިއުބިކް މީޓަރުގެ ސަރަހައްދެގެ ބނދަރު ފުންކުރުމާއި، 195 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި،188 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން  ދެން ކުރިށްއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނެނީ ބްރިޖް ހެދުމާއި، ރެމްޕެއް ހެދުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތެވެ.

މިމަޝްރޫއަކީ 30.3 މިލިަން ރުފިޔާގެ މަޝަރޫއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *