ސަންޖޭދަތުގެ އާ ފިލްމު "ޑަބަލް ސްމާޓް" ގެ ފުރަތަމަ ޕޯސްޓަރ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

" ޑަބަލް ސްމާޓް"ގެ ޕޯސްޓަރު ސޯޝަލް މީޑިއާއަށް ދޫކޮށްލާފައި މިވަނީ ސަންޖޭ ދަތުގެ 64 ވަނަ އުފަން ދުވަހުގައެވެ.

މިފިލްމަކީ ޕޭން އިންޑިއަން ފިލްމަކަށްވުމުގެ އިތުރުން، ފިލްމުގައި ސަންޖޭ ކުޅޭނީ "ބިގް ބުލް" ކިޔާ ނުބައިބައި މީހެއްގެ ރޯލެވެ. ފިލްމުގެ ޕޯސްޓަރުން ސަންޖޭދަތު ފެނިގެން ދަނީ ވަރަށް ހުށިޔާރުއަދި ނުބައި މީހެއްގެ  ގޮތުގައެވެ.

ސަންޖޭދަތު އޭނާގެ އުފަންދުވަހު ކުރި ޓުވިޓެއްގައި ބުނެފައިވަނީ މިފިލްމުގެ ޑައިރެކްޓަރުންނާއިއެކު މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. ސައިންސްއާއި ފިކްޝަން ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ މިފިލްމް ރިލީޒްކުރުމަށް ހަމަޖެހިފަިވަނީ  އަންނަ އަހަރުގެ މާޗް އަށެއް ގައެވެ.

ސަންޖޭދަތުގެ ފިޔަވައި މިފިލްމް ގައި  ދެން ހުރި ރޯލް ތަކުން ފެނިގެންދާނެ އެކްތަރުންނައި އކްޓްރެސްއިން އަދި ހާމަކޮށްފައި ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *