އައިޖީއެމް ހޮސްޕިޓަލް

މާލޭގައި ފެތުރެނީ ނޯރޯ ވައިރަހުގެ ރޯގާއެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

މި ރޯގާއާއި ގުޅިގެން ގިނަ އަދަދެއްގެ ކުދިންތަކެއް އެޑްމިޓްކޮށް ފަރުވާ ދޭ ޖެހިފައިވާއިރު އިއްޔެ އެޗްޕީއޭ އިން ބުނީ އެކަން މެދުވެރިވެފައިވަނީ ވައިރަހެއްގެ ސަބަބުން ކަމަށާއި އެއީ ކާއެއްޗެއްގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ނޫނެވެ.

އެޗްޕީއޭއިން ބުނީ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން މި ބަލި ފެތުރޭ ކަމަށެވެ.

މި ރޯގާގެ އާލާމާތްތަކުގެ ތެރޭގައި ހޮޑުލެވުމާއި ބޭރަށް ހިންގުމާއި ބަނޑާއި ކަށިތަކުގައި ރިއްސުމާއި ގައިގެ މަސްތަކުގައި ރިއްސުމާއި ހުން އައުން ފަދަ ކަންކަން ހިމެނެއެވެ.

މިރޯގާއިން ރައްކާތެރިވުމަށް ސަމާލުކަންދޭންވީ ކަންކަން:

  • ގިނަ ގިނައިން އަތް ދޮވުން
    ހޭންޑް ސެނިޓައިޒަރ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ، ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވޭ
  •  ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު ސަމާލުވުން.
  • ޓިޝޫ/ޕޭޕަރ ޓަވަލް އިން ސާފުކޮށް، ރައްކާތެރިގޮތުގައި އުކާލުމަށްފަހު، ބްލީޗް އަޅާފައި 5 މިނެޓް ބަހައްޓަވާ، އަދި އެއަށްފަހު ބްލީޗް ސާފުކުރުމަށްފަހު ސައިބޯނި/ދޮންނަ ސޮލިއުޝަން ލައިގެން ސާފުކުރައްވާ.
  • ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުން.
  • މީހުން ގިނަ ތަންތަނަށް ނުދިއުން.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *