ކަރަން ޖޯހަރު ޑައިރެކްޓްކޮށް އާލިއާ ބަޓް އާއި ރަންވީރް ސިންގ ލީޑްރޯލް ފެނިގެންދާ "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" އިއްޔެ ވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

ސިނަމާ ތަކުގައި މި ފިލްމު އެޅުވިތާ މާގިނަ އިރުތަކެއް ނުވަނީސް މިފިލްމް ބެލި މީހުންވަނީ މި ފިލްމަށް ތައުރީފު ކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައެވެ.

މިފިލްމަކީ ބޮލީވުޑްގެ ފިލްމްތަކަށް ލޯބިކުރާ ފަރާތްތަކުން އެންމެ އިންތިޒާރު ކުރަމުން ދިޔަ އެއް ފިލުމެވެ.

މި ފިލްމްގެ ޕޮރޮޑަކްޝަން ޓީމާއި ލީޑް އެކްޓަރުން ވަނީ މިފިލްމު ކާމިޔާބު ފިލްމަކަށް ހެދުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ ރިލީޒް ކުރުމުގެ ކުރިން އޭގެ ލަވަތައް ވެސް ވަނީ ބެލުން ތެރިންނަށް ވަރަށް ކަމުގޮސްފައެވެ. ލަވަތަކުގެ ސަބަބުން މިފިލްމަށް އިންތިޒާރު ކުރަމުން ދިޔަ މީހުންގެ އަދަދުވެސް އިތުރު ވެގެން ދިޔައެވެ. ރޮކީ އޯރް ރާނީކީ ޕޮރޭމް ކަހާނީ ރިލީޒް ކޮށްފައިވާއިރު ޕްރޮޑިއުސަރުން މިހާރު އެންމެބޮޑަށް އިންތިޒާރުކުރަމުންދަނީ ބޮކްސް އޮފީހުން ފިލްމަށް ލިބޭނެ ދަރަޖައަކަށެވެ.

މިފިލްމަކީ މަޖާ ލޯބީގެ ފިލްމެކެވެ. އަދި ފިލްމްގައި ދައްކައިދެނީ ދެ ލޯބިވެރިން ލޯތްބައްޓަކައި އާއިލާގެ ރުހުން ހޯދުމަށް ކުރާ މަސައްކަތެވެ.

ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ ފިލްމު ބެލި ބައެއް މީހޫން ސޯޝަލް މީޑީއާގައި ބުނެފައިވަނީ 2 ވަނަ ފަހަރަށްވެސް ފިލްމް ބަލާލަން ބޭނުންވާ ކަމަށެވެ. އެހެން ބެލުންތެރިޔަކު ބުނީ ބޮލީވުޑް ފިލްމަކުން އުންމީދުކުރާނެ ހުރިހާ ކަމެއް މި ފިލްމުން ފެނިގެން ދާނެކަމާއި އާލިއާ ބަޓް އާއި ރަންވީރްގެ ހުނަރުވެރިކަން ފިލްމު ބަލާ މީހުންނަށް ސާބީތުވާނެކަމެވެ.

ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ މި އަހަރު ނިކުމެފައިވާއިރު، މިއީ ކަރަން ޖޯހަރް ފިލްމް އިންޑަސްޓަރީގައި މަސައްކަތް ކުރާތާ 25 ވަނަ އަހަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *