ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ބަލިމީހުންތަކެއް / ފޮޓޯ: އެޗްއީއޯސީ

ރެއިން ފެށިގެން ކުއްލިއަކަށް މާލޭގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތަކެއް އިތުރުވެފަައިވާތީ އެކަންކަމަށްސަމާލުވުމަށްހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެޗުޕީއޭއިން ބުނި ގޮތުގައި މާލޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި ދުވަސްވަރު ހަލުވި މިނުގައި ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ ރޯގާ އަންނަނީ ފެތުރެމުންނެވެ. މާލޭގެ ހޮސްޕިޓަލްތައްކަމަށްވާ އައިޖީއެމްއެޗާއި، އޭޑީކޭ އަދި ސެނަހިޔާގެ އެމަޖެންސީގައި ވެސް ގިނައީ މިފަދަ އަލާމާތްތައް ފެނިގެން އައިސް ތިބި ކުދިންނެވެ.

މިއަދު ހެދުނު ކުރެއްވި ޓްވީޓެއްގައި އައިޖީއމްއެޗްގެކުޑަކުދިންގެޚާއްސަޑޮކްޓަރު،ޑރ. ފައިސަލް ކުރެއްވި ޓވީޓެއް ވިދާޅުވެފައިވަނީ ހޮސްޕިޓަލްތަކުގެ އީއާރްތައް ހޮޑު ބަލީގައިފަރުވަދޭކުދިންނާއެކު ފުރިފައިވާ ކަމަށާ ކޮންމެ ފަހަރަކުވެސް އަތް ދޮވެލައިގެން ކެއުމަށެވެ.

އަދި ގިނަނައިން ދިޔާތަކެތި ބޭނުންކުރުމަށް ބާރުއަޅުއްވާ ހީސްނުލެވި 8 ގަޑީއިރު ވެއްޖެނަމަ  އައިވީ ދިނުމަށް އަވަސްވެގަތުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އޭޑީކޭގައި ހޮނޑުލުމާއި ބޭރަށް ހިންގުން ޖެހިގެން ގިނަ އަދަދެއްގެ ކުދިން ދައްކަމުން އަންނަ ކަމަށެވެ. އަދި ބޯފެނަކީ ތަޣައްޔަރުވެފައި ނުވާ ފެނެއް ކަމަށް ޔަޤީން ކުރުމަށާއި, ބޯފެން ފިލްޓަރު ނުވަތަ ކައްކައިގެން ބުއިއެއް ވަނީ އިރުޝާދު ދެއްވާފައެވެ.

ބޭރަށް ހިނގުމުގެ އަލާމާތެއް ފެނިއްޖެ ނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. އެގޮތުން ބޭރަށް ހިންގާނަމަ ތިބާ އާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ގިނަ ގިނައިން ލޮނުޕެކެޓް، ފެން އަދި ސޫޕް ދަފަ ދިޔާ ތަކެތި ބޭނުން ކުރަން ޖެއެެއެވެ.

އަދި ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް އަތްދޮވުން ފަދަ ކަންކަން ކުރުމަކީ މުހިންމު ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *