އަޓްލީ ޑައިރެކްޓް ކުރާ އާ ފިލްމުގެ ޝޫޓިންގް   ފެށުމަށް ވަރުން ދަވަން ހުރީ ކެތްމަދުވެފައި ކަމަށް އޭނާ ބުނެފިއެވެ.

އޮގަސްޓު މަހުގެ ދެވަނަ ހަފްތަގައި ޝޫޓިންގ ފެށުމަށް ހަމަޖެހިފައިވާ މިފިލްމުގެ މަސައްކަތުގައި 15 ދުވަސް ވަންދެން ވަރަށް ބުރަކޮށް ވަރުން މަސައްކަތް ކުރަންޖެހޭނެއެވެ.

މި ފިލްމުގައި އެންމެ ފުރަތަމަ ޝޫޓްކުރުމަށް ހަމަޖެހިފައިވަނީ ވަރުން އާއި ކީރްތީގެ ބައިތަކެވެ. މި ފިލްމް ވެގެން ދާނީ  ކީރްތީ ބޮލީވުޑަށް ނެރޭ ފިލްމަށެވެ.

މި ފިލްމުގައި ކީރްތީ ފެނިގެން ދާނީ ވަރުންގެ ލޯބިވެރިޔާގެ ގޮތުގައެވެ. އަދި ފުލުހެއްގެ ރޯލުން ވަރުން ދަވަން ފެނިގެންދާއިރު ވަރުންގެ ވަރަށް ގަޔާވާފަދަ އެކްޝަން މަންޒަރުތަކާއި ލޯބީގެ މަންޒަރުތައްވެސް ފެނިގެންދާނެއެވެ.

އަދި ނަންހާމަކޮށްފައިވާ ނުވާ، އަޓްލީގެ މިފިލމް ނެރުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ މޭ މަހުގައެވެ. މިފިލްމް ގެ ޕޮރޮޑަކްޝަންގެ މަސައްކަތް ނިމޭނި  ނޮވެމްބަރު މަހުގެ ފަހުކޮޅު ކަމަށް މީޑިއާ ރިޕޯޓް ތަކުންބުނެފައެވެ.

ވަރުން ވަރަށް އަވަހަށް  ކޭމީއޯ ރޯލަކުން ފިލްމް "ސްޓްރީޓް 2"  އިން ވެސް ފެނިގެންދާނެއެވެ. މީގެ އިތުރުން ވަރުންގެ މިހާރު ރިލީޒް ވެފައިވާ "ބަވާލް " ފިލްމުގައި އޭނަ ކުޅެފައިވާ ރޯލަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ތައުރީފް ދަނީ އޮހެމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *