ކޮސްމެޓިކްސްގެ ދުނިޔޭގައި ކޭ-ބިއުޓީގެ ތަފާތު ބާވަތްތައް ދަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުންނެވެ. ތިރީގައި މިވަނީ ރީތި ހަންގަޑަކާއި ވަރުގަދަ އިސްތަށި ގަނޑެއް ބޭނުންވާނަ ކުރެވިދާނެ ބައެއް ކަންކަމެވެ.
ހަންގަނޑާ ގުޅޭ ރަނގަޅު ޓޯނާއެއް ބޭނުންކުރުން:
ޓޯނަރަކީ ދެކުނު ކޮރެއާގައި އަންހެނުންނާއި ފިރިހެނުންވެސް ކޮންމެދުވަހަކު ބޭނުންކުރާ ޕޮރޮޑަކްޓެކެވެ. މިއީ ބެލެންސްޑް ހަންގަޑެއް ހޯދުމަށް އެހީތެރިވެދޭ ކޮންމެހެން ބޭނުން ތެރި ފިޔަވަޅެކެވެ. ހިކުމާއި.،ލޯވަޅު ހެދިފައިހުރުމާ، ތެޔޮވުމާ، ރަތް ވުން ހުންނަ ހަންގަނޑަށްވެސް ޓޯނާ ލިބެން ހުރެއެވެ.ޓޯނާ އަކީ ފެނަށް ވުރެއް ތަންކޮޅެއް އޮލަކޮށް ހުންނަ އެއްޗެކެވެ. މީތި ބޭނުން ކުރާނީ ރޭގަނޑު ނުވަތަ ހެނދުނު މޫނުގައި އެއްވެސް އެއްޗެއް ބޭނުންކުރުމުގެ ކުރިންނެވެ. ޓޯނާގެ މައިގަނޑު ބޭނުމަކީ ހަންގަޑުގެ ޕީއެޝް ބެލެންސް ކޮށްލުމެވެ. ކަފަ ކޮޅަކަށް ނޫނީ އިނގިލި ކުރިއަށްށް އެޅުމަށްފަހު މަޑުމަޑުން ހާކާލާނީެއވެ.
ރީދިވެލުމުގެ 2 ވަނަ ސްޓެޕަކަށް ސަންސްކޮރިން ބޭނުންކޮށްލައްވާ:
ކޮރެއާގައި ސަންސްކްރީންއަކީ ހަމައެކަނި އިރުގެ ދޯދިތަކުން ސަލާމަތް ވުމަށް ބޭނުންވާ އެއްޗެއް ނޫނެވެ. އިތުރަށް ހަންގަނޑު ތެއްކޮށް ބެހެއްތުމަށްޓަކައި މޮއިސްޗަރައިޒާއެއް ފަދައން ބޭނުންކޮށްލުމަށް އެކަށީގެންވެއެވެ. އަދި ހަންގަޑު ގެ ތެއްކަން ދިުމުގެ ސަބަބބުނަ މޫނަށް އަރާ ރޫ ތަށް މަދުކޮށް ދެއެވެ.އަދި ވީހާވެސް އެސްޕީއެފް މަތީގެ ސަންސްކްރީން ބޭނުންކުރުމަކީ ހަމުގެ ކެންސަރުން ދުރުކށްދޭ ކަމެކެވެ.
ކޮންމެ ދުވަހަކުވެސް ބިއުޓީ މާސްކެއް ބޭނުން ކޮށްލުން:
ބިއުޓީ މާސްކް ބޭނުން ކުރުމަކީ ދެކުނު ކޮރެއާގެ މީހުންގެ ހަންގަޑު ރީތިކޮށް ހުރުމުގެ އެންމެ ބޮޑު އެއް ސިއްރެވެ. ބިއުޓީ މާސްކުތަކުގައި ހުންނަ ތެތްކަމަކީ ހަންގަޑަށް ބޭނުންވާ ފަދަ ގިނަގުނަ މާއްދާތަކެއް އެކުލެވޭ ގޮތައް ހަދާ ތައްޔާރުކޮށްފައިވާ މާސްކެކެވެ. މީގެތެރެއިން ހަމަށް ބޭނުންވާ ވިޓަމިނާއި ހައިޑްރޭޝަން އޭގައި އެކުލެވެއެވެ. ބިއުޓީ މާސްކް ބޭނުންކޮށްލުން އެންމެ ރަނގަޅީ ކޮންމެ ހަފްތާއަކުވެސް 3 ދުވަހު ނިދުމުގެ ކުރިން މޫނު ސާފުކޮށްލުމަށް ފަހުގައެވެ.
ސެސާމީ ތެޔޮ ބޭނުން ކޮށްގެން އިސް ތަށި ގަނޑު މަސާޖުކުރުން:
ދުޅަހެޔޮ ވިދާ އިސް ތަށި ގަނޑެއް ބޭނުންނަމަ ސެސާމީ ތެލަކީ އެންމެ ބޮޑު ހައްލެވެ. ހަންފޮޅުމާއި ޅަ އުމުރެއްގައި އިސްތަށިގަނޑުގައި ނުރަޖެހުން ކުޑަ ކޮށްދެއެވެ. 1392 ވަނަ އަހަރު "ޖޯސެން ޑައިނޭސްޓީ" ގައިވެސް ކޮރެއާގައި މިތެޔޮ ބޭނުން ކުރާކަން ވަނީ ރިކޯޑް ކުރެވިފައެވެ.
އައިސް ކިއުބްއަކުން ހަންގަޑާ މުނު މަސާޖްކޮށްލުން:
މީއީ ވަރށް ގިނަ ފައިދާތަކެއް އޭގައި އެކުލެވިގެންވާ ކަމެކެވެ. މޫނުން ބިހި މަދުކޮށްދިނުމާއި، ދުޅަތައްތިރި ކޮށްދިނުމާއި ލޯ ދަށުގައި ހުންނަ ކަޅުވެފައިހުންނަށް ތަންތަން މީގެ ސަބަބުން އަލިކޮށްދެއެވެ. އަދި މީގެ އިތުރުން މޫނުގެ ލޭ ދަައުރުވުމުގެ ނިޒާމް ރަނގަޅުވެގެންދެއެވެ.