ބޮލީވުޑްގެ މަޝްހޫރު ބަތަލު ޝާހުރުކް ޚާން ލީޑް ރޯލުން ފެނިގެންދާ "ޖަވާން" ފިލްގެ "ޒިންދާ ބަންދާ" ލަވަ އުފައްދަން 15 ކްރޯޑް ރުޕީސް ހޭދަކޮށްފައިވާ ކަމަށް މީޑއާ ރިޕޯޓްތައް ބުނެފިއެވެ.
ބޮލީވުޑްގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި މިލަވައިން ވަރަށް ފޯރިގަދަ ނެށުމެއް ފަނިގެންދާނެއެވެ. ލަވައިގެ ކޮމްޕޯސަރު ބުނެފައިވަނީ ލަވަ ހަދާފައިވަނީ ޝާހްރުކް ހާންގެ މިޒާޖާ ގުޅޭގޮތަށް ކަމަށެވެ. އަދި ލަވަ އުފައްދާފައިވަނީ 15 ކޮރޯޑް ގެ ބަޖެޓަކުން ކަމަށެވެ.
ޖަވާން ފިލްމް ގެ ޕްރިވިއު ނެރުމުން ސޯޝަލްމީޑިއާގައި ބޮޑު ތަރުހީބެއް ލިބިފައިވާއިރު ސަޕޯޓަރުން ވަނީ އުފާފާޅުކޮށްފައެވެ. އަދި މިހާރު ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ "ޒިންދާ ބަންދާ" ލަވައަށް ބެލުންތެރިން ދަނީ އިންތިޒާރުކުރަމުންނެވެ.
ޖަވާންގެ ޓްރެކްލިސްޓުން ފުރަތަމަ ނެރެން ހަމަޖެހިފައިވަނީ މިލަވައެވެ. މިލަވަ ނެރެން ހަމަޖެހިފައި ވަނީ މިހަފްތާގެ ތެރޭގައިެވެ.
ޖަވާން ބެލުންތެރިންނަށް ދޫކޮށްލަން ހަމޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގައެވެ.