"އޯއެމްޖީ 2" އާއި "ގަދަރް 2" ބެލުންތެރިންނަށް ދޫކޮށްލުން އަންނަ މަހުގެ 11 އަށް ތާވަލްކޮށްފިއެވެ.
އޯއެމްޖީ 2 އަކީ އަކްޝޭކުމާރް އާއި ޕަންކަޖް ޓްރިޕާޓީ ލީޑް ރޯލްކުޅޭ 2012 ވަނަ އަހަރު ދޫކުރި ކޮމެޑީ ފިލްމްގެ 2 ވަނަ ބައެވެ.
ގަދަރް 2 އަށް ބަލާލާއިރު މީގައި ލީޑް ރޯލްތަކުން ފެނިގެން ދާނީ ސަނީ ޑިއޯލްއާއި އަމީޝާ ޕަޓޭލްއެވެ. މިފިލްމަކީ ބޮލީވިޑްގެ ބޮޑު ކާމިޔާބެއް ހޯދައިފައިވާ "ގަދަރް އޭކް ޕޮރޭމް ކަންތާގެ ދެވަނަ ބައެވެ. މިދެފިލްމު ވެސް އޮތީ ބެލުންތެރިން އެންމް އިންތިޒާރުކުރާ ފިލްމް ތަކުގެ ލިސްޓުގެ ކުރީގައެވެ.
ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދަައްކަމުން އޯއެމްޖީ 2 އެއްގެ އެކްޓަރު ޕަންކަޖް ޓްރިޕާޓީ ބުނެފއިވަނީ 2 ފިލްމްވެސް އެއް ދުވަހެއްގައި ދައްކާތީ އޭނާ އެކަމާ ކަންބޮޑު ނުވާ ކަމާއި ފިލްމް އަޅުވަނީ ކިތައް ސްކްރީނުންތޯ ބެލުމަކީ އޭނާ ޝަައުގު ހުންނަ ކަމެއް ނޫންކަމަށެވެ. އަދި އޭނާގެ މަސައްކަތަކީ އެކްޓުކުރުން ކަމަށާ 2 ފިލްމް ވެސް ބެލުންތެރިންނަށް ކަމުދާނަމަ އެނިމުނީ ކަމަށެވެ.
ސަނީ ޑިއޯލްވެސް ޓައިމްސްއޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފަިވަނީ ގަދަރް 1 ނެރުނުއިރު އާމިރް ޚާންގެ ލަގާން ބޮކްސް އޮފީހުގައި 1 ވަނަ ހޯދި ހަދާން އެބަހުރި ކަމަށެވެ. ނަމަވެސް ބެލުން ތެރިން 2 ފިލްމް އަޅާ ކިޔަނީ ކީއްވެގެންކަން ނޭނގޭކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.