ޕްރަބާސް އާއި ދީޕިކާ ޕަޑްކޯން ގެ ފިލްމު ކަލްކީ 2898 އޭޑީ، ރިލީޒް ކުރާ ތާރީހް އަންނަ އަހަރުގެ މެއިމަހަށް ލަސްވުން އެކަށީގެންވާ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެފިއެވެ.
ލީޑް ރޯލުތަކުން ޕްރަބާސް، ދީޕީކާ، އަމީތާބް ބައްޗަން އަދި ކަމާލް ހަސަން ފެނިގެންދާ މި ފިލްމުގައި ވަރަށް ތަފާތު ރޯލަކުން ދިޝާ ޕަޓާނީ ފެނިގެން ދާނެއެވެ.
ކަލްކީގެ ފުރިތަމަ ބައި ނިކުމެފައިވާއިރު، ޓެލަގޫ ސިނެމާގައި މިފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އަދި މި ފިލްމުގެ ޓީޒާއަށް އެކަނިވެސް 20 މިލިއަން ވިއުސް ވަނީ ލިބިފައެވެ.
ބޮލީވުޑްގެ ޚަބަރުތައް ބުނާގޮތުން ޕްރޮޑިއުސަރުން މަސައްކަތް ކުރަމުން ދަނީ އަންނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހާ ހަމައަށް ފިލްމް ރިލީޒްކުރުން ފަސްކުރުމަށެވެ. މިކަން މިގޮތަށް ނިންމާފައިވަނީ އާންމުގޮތެއްގައި މޭ 9 ގައި ނެރޭ ފިލްމުތަކަކީ ކާމިޔާބު ފިލްމްތަކަކަށްވާތީ ކަލްކީގެ ޕޮރޮޑިއުސަރުވެސް އެދުވަހަށް ފިލްމް ދޫކޮށްލުމަކީ އެންމެ މޮޅު ގޮތްކަމަށް ދެކޭތީއެވެ.
މީގެ ތެރެން ފިލްމް ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ނުނިމި ހުރުމާ، އަމީތާބް ބައްޗަން ފިލމްގެ ޝޫޓިންގައި ލިބުނު ކުޑަ އިންޖަރީއަކަށް ސާޖަރީ ކުރަންޖެހުންވެސް ފިލްމު ލަސްކުރި ސަބަބު ތަކުގެތެރޭގައި ހިމެނެއެވެ.