މިމަހު ނިކުތް، 2 ފިލްމް ކަމަށްވާ ބާބީ އަދި އޮޕެންހީމާ އަކީ ބެލުންތެރިން ތެރޭ އެންމެ މަގުބޫލު އަދި ބޮކްސް އޮފީހުގައި އެންމެ ވާދަ ކުރާ ދެ ފިލްމެވެ.

މާރްގޮޓް ރޮބީ އަދި ރަޔާން ގޮސްލިންގް ލީޑް ރޯލް ކުޅޭ "ބާބީ" ފިލްމުން ދައްކައިދެނީ ބާބީއަށް, އަސްލު އިންސާނުންގެ ދުނިޔެއަށް ދެވޭ ތަނެވެ. އަދި އޭނާގެ އަސްލު މަގްސަދު އެނާ އަމިއްލައަށް ދެނެ ގަންނަ ތަނާއި ދުނިޔޭގެ މާހައުލުގައި އުޅޭ ގޮތް  ދަސްކުރާތަނެވެ.

މިފިލްމަކީ 145 މިލިއަން ޑޮލަރުގެ ބަޖެޓް ފިލްމަަކަށްވާއިރު ބާބީ ވަނީ މިއަހަރުގެ ބޮކްސް އޮފީހުގެ އެންމެ ބޮޑު ރިކޯޑެއް ގާއިމްކޮށް، 155 މިލިއަން ޑޮލަރު ހޯދައިފައެވެ.

ބާބީއާ ވާދަ ކުރާ "އޮޕެންހީމާ" ސިނެމާތަކުގައި އެޅުވިތާ ހަފްތާއެއްވީއިރު، މި ފިލްމް ވަނީ ބޮކްސް އޮފީސް ޑެބިއުޓް 80 މިލިއަން ޑޮލަރު ހޯދާފައެވެ. ސިލިއަން މާރްފީ އަދި އެމިލީ ބްލަންޓް، ލީޑް ރޯލް ކުޅޭ މިފިލްމް ބިނާ ވެފައިވަނީ އެމެރިކާގެ ފިޒިސްޓް، "ރޮބާޓް ހީމާ"ގެ ދިރިިއިޅުމުގެ މައްޗަށެވެ.

ސިނެމާތަކުގައި 2 ފިލްމަށްވެސް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. ނަމަވެސް ޓިކެޓް ގަންނަ މީހުން ތިބެނީ ދެ ފިކުރެއްގައެވެ. ދެ ފިލްމްގެ ޓިކެޓް ދެ ދުވަހަކަށް ގަންނާނީ ތޯ ނުވަތަ 2 ފިލްމްވެސް އަޅުވާ އެއްދުވަހަކަށް ގަންނަންވީތޯ ވެސް މީހުންގެ ހިތުގައި ސުވާލުތައް ދިޔައީ އުފެދެމުންނެވެ. ނަމަވެސް އެންމެފަހުން ބެލުންތެރިން ޓިކެޓް ގަނެފައިވަނީ 2 ފިލްމަށް ވެސް އެއް ދުވަހެއްގައެވެ.

މޫވީ ކޮނަސާލްޓިންގް ފާމް ފްރެންޗައިސްގެ ރައިސް، ޑޭވިޑް އޭ ގްރޮސް ބުނެފައިވަނީ 2 ފިލްމްގެ ޕްރޮޑިއުސަރުންވެސް އެއްބަޔަކު އަނެއްބަޔަކަށް ތަައުރީފުކޮށްފައިވާ ކަމަށެވެ. ވާދަވެރިކަން އޮތް ނަމަވެސް އެއްބަޔަކު އަނެއްބައެއްގެ ބެލުންތެރިން ހޯދާކަށް ގަސްތެއްނުކުރެއެވެ.

އިންޓަރްނޭޝަނަލް ބޮކްސް އޮފީހުގައި ބާބީ ވަނީ އިތުރު 182 މިލަން ޑޮލަރު ހޯދާ ފައެވެ. އަދި އޮޕެންހީމާވެސް ވަނީ 93.7 މިލިއަން ޑޮލަރު ހޯދާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *