އަލްއުސްތާޛު މަހާޒް އަލީ ޒާހިރު

ސުފްރީމް ކޯޓުގެ ފަނޑިޔާރު މަހާޒްގެ މައްސަލައިގެ ތަހްގީގު އިތުރަށް ކުރިޔަށް ގެންދަން ނުފެންނަ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ފަނޑިޔާރު މަހާޒާއި ގުޅޭގޮތުން ޖޭއެސްސީން ތަހްޤީގު ކުރަމުން ދިޔަ މައްސަލަ އަކީ އެ ފަނޑިޔާރު ސުޕްރީމް ކޯޓުން ބެއްލެވި އިސްތިޢުނާފު މައްސަލައަކަށް އެ ކޯޓުން ޙުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިޢުނާފުގައި ހިމެނޭ ޚަޞްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅަކާ، އެ ޝަރީޢަތް ހިންގެވުމުގައި ބައިވެރިވެވަޑައިގެންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު އަލީ ޒާހިރު ޙަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައެކެވެ.

މި ކަމާއި ގުޅިގެން ޖޭއެސްސީ އިން ހިންގި ތަޙުޤީޤަށް ހޯދުނު މަޢުލޫމާތާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ސާފުކޮށްދެއްވާފައިވާ ޙަޤީޤަތްތަކަށް ރިޢާޔަތްކުރާއިރު، އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ ފަދަ ކަމެއް ހިނގާފައި ނުވާކަން ފާހަގަ ވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

އެހެންކަމުން އެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް، މިއަދު ބޭއްވި މިކޮމިޝަންގެ މި އަހަރުގެ 48 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ.

ފަނޑިޔާރު މަހާޒު ހަވާލުވި ފަރިއްކޮޅެއް ކަމަށްބުނާ ފަރިއްކޮޅަކީ ރައީސް ޔާމީން އާއި ގުޅުން ހުރި ރައީސް ޔާމީން އާއި އެއްކޮޅަށް ސްޕްރީމް ކޯޓުން ނިންމެވި އިސްތިއުނާފު މައްސަލައަށްފަހު، އެހަސްމާއި ގުޅުން ހުރި ފަރާތަކުން ފޮނުވި ފަރިއްކޮޅެއް ކަމަަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *